ޔޮޓް ޓުއާސް ގްރޫޕު ކުންފުނިތަކުގެ ސީއީއޯ މަގާމުންނާއި، ޑީއާރުޕީގެ ނައިބު ލީޑަރުގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އިސްތިއުފާދެއްވައިފިއެވެ.
ބޮޗޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޔޮޓް ޓުއާސް ގްރޫޕު ކުންފުނިތަކުގެ ސީއީއޯ މަގާމުންނާއި ޑީއާރުޕީގެ ނައިބު ލީޑަރުގެ މަގާމުންނާއި ކާށިދޫ ދާއިރާގެ މަޖިލިސް ސެކްރެޓޭރިއަޓްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ނަމަވެސް އޭނާ އެ މަގާމުތަކުން އިސްތިއުފާ ދެއްވީ ކީއްވެކަމެއް ވިދާޅެއް ނުވެއެވެ. އެކަމުގެ މައުލޫމާތު ހޯދަން "ވަން"އިން ބޮޗޭއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފައެވެ.
ބޮޗޭއަކީ ކާށިދޫ ދާއިރާގެ މެންބަރު އަދި ޔޮޓް ޓުއާސްގެ ޗެއާމަން އަބްދުﷲ ޖާބިރުގެ ވަރަށް އަރިސް ބޭފުޅެކެވެ. ޑީއާރުޕީއާ ބޮޗޭ ގުޅިވަޑައިގެންނެވީ ވެސް ޖާބިރާއެކު މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު