ގދ. ނަޑެއްލާގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ނަޑެއްލާ ކައުންސިލުން ބުނީ، އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް މިއަދު ޕޮޒިޓިވްވެފައިވާ ކަމަށާއި އެހެންކަމުން އޭނާގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން ޒަރޫރީ ކަމެއްގައި މެނުވީ ގެއިން ނުނިކުތުމަށް ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވީ އެރަށު ހެލްތު ސެންޓަރުގައި މަސައްކަތް ކުރާ ޑޮކްޓަރުގެ އަންހެނުންނެވެ. އޭނާއަކީ އިންޑިއާގެ އަންހެނެކެވެ.
އެ އަންހެން މީހާ ޕޮޒިޓިވްކަން އެނގުނީ ކަރަންޓީނުގެ 14 ދުވަސް ފުރިހަމަކުރުމަށް ފަހު ނެގި ރިލީސް ސާމްޕަލްގެ ނަތީޖާއިންނެވެ.
އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ އިތުރު މީހަކާ ކޮންޓެކްޓްވެފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު