މާލޭ ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްގީ ކޮށްފައިވާ ޕާކު މިމަހު 11 ގައި ހުޅުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސީއެންއެމްގެ "އިސްކަން" ޕްރޮގްރާމަށް ސިޓީ ކައުންސިލްގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ވިދާޅުވީ، މިމަހުގެ 11 ވަނަ ދުވަހު އެތަން ހުޅުވާއިރު، އެތަނާ ގުޅޭ ހާއްސަ ޕްރެސް އެއް މޭޔަރު ޝިފާ މުހައްމަދު ދެއްވާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ތަރައްގީކުރަން ފެށި އެ ޕާކު ހުޅުވަން ފުރަތަމަ ނިންމާފައި އޮތީ މިއަހަރުގެ ޖުލައި މަހުގަ އެވެ. ނަމަވެސް ކޮވިޑުގެ ހާލަތު ގޯސްވުމުން އެތަން ހުޅުވާފައެއް ނުވެ އެވެ.
ބިޔަކޮށް ހެދޭ ގަސްތަކާއި އެކި ވައްތަރުގެ މާ އަޅާ ގަސްތައް އިންދައިގެން ތަރައްގީކޮށްފައިވާ އެ ޕާކުގައި ޕޮންޑަކާއި ބްރިޖެއްގެ އިތުރުން އުސްފަސްގަނޑެއް ހިމެނޭއިރު ބެންޗާއި ކަސްރަތަށާއި ބައިސްކަލު ދުއްވޭ ގޮތަށް ލޭނެއް ހަދާފައިވެ އެވެ.
ލޮނުޒިޔާތް ޕާކު ޖުމްހޫރީ ދުވަހާ ދިމާކޮށް ހުޅުވާފައިވާއިރު އެތަނުގައި ދެ ފާހާނާބަރި ހެދުމަށް ބީލަމަކާ ނުލައި އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރި މައްސަލައިގައި މޭޔަރު ޝިފާގެ މައްޗަށް ދައުވާކުރަން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ފޮނުވައިފަ އެވެ.
ނަމަވެސް މަހެއްވީ އިރުވެސް އެ މައްސަލަ ބަލައިގަތުމާ ގުޅޭގޮތުން ގޮތެއް ނިންމާފައެއް ނުވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު