ވަޓްސް އެޕް އިން ކޮށްފައި ހުންނަ މެސެޖު ހަތް ދުވަސް ފަހުން އަމިއްލައަށް ޑިލީޓް ވާ ގޮތް ހެދޭނެ އަޕްޑޭޓެއް ތައާރަފުކޮށްފިއެވެ.

މުޅި ދުނިޔެއިން ދެބިލިއަނެއްހައި މީހުން ބޭނުންކުރާ މަޝްހޫރު ވަޓްސް އެޕް އިން ތައާރަފު ކޮށްފައިވާ އާ ސެޓިންގެ ސަބަބުން އެޕް މެދުވެރިކޮށް ކުރާ ޗެޓްތަކުގެ ޕްރައިވަސީ ހިފަހައްޓާނެ ކަމަށް އެކުންފުނިން ބުނެފައި ވެއެވެ.

ވަޓްސް އެޕުން ބުނެފައިވާ ގޮތުގައި އަލަށް ތައާރަފުކުރާ އަޕްޑޭޓް އެޕް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ލިބޭވަރު ވާނީ މިމަހުގެ ފަހުކޮޅުގަ އެވެ.

ވަޓްސް އެޕްގެ ބްލޮގް ގައި ވަނީ ސެޓިން އަށް ބަދަލު އައި ނަމަވެސް ސްކްރީން ޝޮޓް ނެގުމާއި މެސެޖު ފޯވާޑް ކުރުުމުގެ އިތުރުން މެސެޖާއި ފޮޓޯ އަދި ވީޑިއޯ ޑިލީޓް ނުކޮށް ބަހައްޓަން ބޭނުން ނަމަ މިހާރެކޭ އެއްގޮތަށް އެކަން ވެސް ކުރެވޭނެ ކަމަށެވެ.