އެމެރިކާގައި އޮންނަ އިލެކްޓޯރަލް ކޮލެޖް ސިސްޓަމަކީ އެގައުމުގެ ރިޔާސީ އިންތިހާބުތަކުގެ ނަތީޖާ ނެރުމުގައި އެންމެ ނުފޫޒު އޮންނަ ފަރާތެވެ.
އެމެރިކާގެ ރައީސް ހޮވުމަށް ރައްޔިތުންގެ ވޯޓަކަށް ދިޔަސް ރައްޔިތުން އިންތިހާބުކުރާ މީހާ ގިނަފަހަރަށް އިލެކްޓޯރަލް ސިސްޓަމުން ބަލިކޮށްލައެވެ.
އެމެރިކާގެ ސިސްޓަމް އޮންނަ ގޮތުން ކޮންމެ ކެނޑިޑޭޓަކުވެސް އެންމެ އިސްކަމެއްދީގެން ކުރާކަމަކީ އިލެކްޓޯރަލް ކޮލެޖް ވޯޓުގެ މެޖޯރިޓީ ހޯދުމެވެ.
އެމެރިކާގެ ސްޓޭޓް ތަކުގައި ވަކި ވަރަކަށް ވޯޓް ލެވޭ ޕޮއިންޓު އެ ސްޓޭޓެއްގެ އާބާދީއަށް ބަލައި އޮންނަނީ ބަހައިފައެވެ. ބައެއް ސިޓީތަކުގައި އިލެކްޓޯރަލް ކޮލެޖް ވޯޓުތައް ގިނައެވެ. މިސާލަކަށް އެމެރިކާގެ ކެލިފޯނިއާގައި އިލެކްޓޯރަލް ކޮލެޖް ވޯޓުގެ ގޮތުގައި ގުނަނީ 55 ވޯޓެވެ. އަލަސްކާގައި އޮންނަނީ އެންމެ ތިން ވޯޓެވެ.
އިލެކްޓޯރަލް ކޮލެޖް ސިސްޓަމުގައި ޖުމުލަ ހިމެނެނީ 538 މެންބަރުންނެވެ. އެއީ 100 ސެނެޓަރުންނާއި 435 ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އެވެ. އޭގެ ދެބައިކުޅަ އެއްބައި ކަމަށްވާ 270 ވޯޓު ނުވަތަ އެއަށްވުރެ ގިނައިން ކާމިޔާބު ކުރާ މީހަކަށް ރައީސް ކަމަށް އިންތިހާބު ވެވެއެވެ.
އިލެކްޓޯރަލް ކޮލެޖް ވޯޓުގެ ސަބަބުން ރައްޔިތުންގެ ތެރެއިން އިންތިހާބު ވާ މީހާގެ ބަދަލުގައި އިންތިހާބުން ބަލިވާ މީހާވެސް އިންތިހާބު ކާމިޔާބު ކުރެއެވެ.
2016 ވަނަ އަހަރު އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވެގެންދިޔައީ އެފަދަ ގޮތެކެެވެ. މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށްވުރެ 3 މިލިއަން ވޯޓު އިތުރަށް ހިލަރީ ކްލިންޓަން ހޯއްދެވި އެވެ. ނަމަވެސް އިލެކްޓޯރަލް ކޮލެޖް ވޯޓުން އިންތިހާބު ކާމިޔާބުކުރީ ޓްރަމްޕެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ