އިންްތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް އެބަ ހުރި ކަމަށާއި މައްސަލަ ކޯޓަށް ވައްދާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިމި ވޯޓު ގުނުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މުޅި ދުނިޔެ އަންނަނީ މި އިންތިހާބުގެ ނަތީޖާއަށް އިންތިޒާރުކުރަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުޑައިރުކޮޅެއް ކުރިން ވައިޓް ހައުސް ގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވަނީ ރިޔާސީ އިންތިހާބުގައި ބޮޑެތި ފްރޯޑު (މަކަރާއި ހީލަތް) ތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އިންތިހާބުގެ މައްސަލަ އެގައުމުގެ ސުޕްރީމް ކޯޓަށް ވައްދާނެކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕް ވަނީ އިންތިހާބުން އޭނާއަށް ބޮޑު ކާމިޔާބީއެއް ލިބިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވީ މިހާރު މިއީ ގައުމުގެ އިންޓަގްރެޓީގެ ޔަގީންކަން ބެލުމުގެ ވަގުތު ކަމަށާއި ގާނޫނު ހަރުދަނާ ވާން ޖެހޭކަމަށެވެ.

އިންތިހާބުގެ ނަތީޖާ އިން އަދި ދައްކާ ގޮތުގައި ދެބޭފުޅުންގެ ވޯޓުވެސް އުޅެނީ ވަރަށް ކައިރީގަ އެވެ.