ބޭނުންވާ ވަރަށް ވުރެ އިތުރަށްވެސް ވޯޓު ލިބިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ވައިޓް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ މިހާރު ތައްޔާރުވަމުންދަނީ ކާމިޔާބީ ފާހަގަކުރުމަށް ބޮޑު ހަރަކާތެއް ބޭއްވުމަށް ކަމަށެވެ.
މިއީ އެމެރިކާގެ ތާރީހުގައިވެސް މިހާ ގިނަ ބަޔަކު ނުކުމެ ވޯޓުލީ ފަހަރު ކަމަށާއި މިއީ ބޮޑު ކާމިޔާބީއެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އިންތިހާބާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އިންތިހާބުގެ މައްސަލަ އެގައުމުގެ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
ވޯޓުލުން ނިމި ނަތީޖާއާ މެދު މުޅި ދުނިޔެ އިންތިޒާރު ކުރާއިރު ރައީސް ޓްރަމްޕް ވަނީ އެގައުމުގެ ބޮޑެތި ސިޓީތަކުން ކާމިޔާބު ހޯއްދަވައިފައެވެ. އިންތިހާބުގެ ނަތީޖާ އިން އަދި ދައްކާ ގޮތުގައި ޓްރަމްޕާއި ޖޯ ބައިޑަންގެ ވޯޓުވެސް އުޅެނީ ވަރަށް ކައިރީގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ