އިންތިހާބަށްފަހު ދިމާވެދާނެ ނުރައްކަލަކުން ސަލާމަތް ވުމަށް ވައިޓް ހައުސް ވަށައިގެން ފެންސު ޖަހައިފިއެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިމިފައިވާއިރު އިންތިހާބުގެ ނަތީޖާއާ އަށް މުޅި ދުނިޔެވެސް އަންނަނީ އިންތިޒާރު ކުރަމުންނެވެ.
އިންތިހާބާ ގުޅިގެން އެގައުމުގައި ހިނގަމުން އަންނަ ކަންކަމުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ވައިޓް ހައުސް ވަށައިގެން ޖަހާފައިވާ ފެންސެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްގެ އޯޑަރަށް ޖަހާފައިވާ ފެންސުގެ ބޭނުމަކީ އެސަރަހައްދުގައި މުޒާހަރާކޮށް ވައިޓް ހައުސް އަށް ވަދެގަންނަން މަސައްކަތް ކޮށްފާނެކަމުގެ ބިރު ހީވެ ރައްކާތެރިވުމަށް ޖަހާފައިވާ ފެންސެކެވެ.
އެމެރިކާގެ ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ މިއީ ރައީސް ޓްރަމްޕުގެ ރިޔާސީ ދައުރު ފެށުނީއްސުރެ ކުރަން ނިންމާފައިވާ ކަމެއް ކަމަށް ފާހަގަކޮށްފައެވެ.
ވައިޓް ހައުސްގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާއިރު އިތުރު 250 ސިފައިންވެސް ވަނީ ވައިޓްހައުސް ގާޑުކުރުމަށް ނެރެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ