ލަންކާގެ އައްސޭރިފަށަށް ލައްގާފައިވާ 100 ބޮޑު މަސް ސަލާމަތް ކޮށްފިއެވެ.
ކޮލަމްބޯގެ 25 ކިލޯމީޓަރު ޕަނަޑޫރާ ބީޗަށް ލައްގާފައިވާ ބޮޑުމަސްތައް ސަލާމަތްކުރުމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާއްސަ އޮޕަރޭޝަނެއް ހޯމަ ދުވަހު ފަށައިފައެވެ.
މި އޮޕަރޭޝަނުގައި ލަންކާގެ ނޭވީ އާއި ކޯސްޓްގާޑުގެ އިތުރުން އެހިސާބުގެ އާންމުންގެ އެހީތެރިކަން ލިބިފައިވާކަމަށް ނޭވީ އިން ބުނެފައި ވެއެވެ.
ލަންކާގެ މެރިން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ އިން ވަނީ މިއީ ދެކުނު އޭޝިއާގެ ގައުމަކަށް މިހާ ގިނަ ބޮޑުމަސް ލެއްގި ފުރަތަމަ ފަހަރު ކަމަށް ބުނެފައެވެ.
އައްސޭރިފަށަށް ލެއްގި މަސްތަކުގެ ތެރެއިން ހަތަރު މަސް މަރުވެފައިވާ ކަމަށް ނޭވީ އިން ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ