ގަޑިޔަކު 300 މޭލުގެ ސްޕީޑު ހުންނަ، ބުގާޓީގެ ފަހުގެ ކާރު ދައްކާލައިފިއެވެ.

ބުގާޓީ އިން ދައްކާލި ކާރަކީ 1800 ހޯސްޕަވަރުގެ ހައިޕާ ކާރެކެވެ. ބުގާޓީ ބޮލައިޑް ނަމުން ނަންދީފައިވާ މި ކާރު ދުއްވުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރޭސް ޓްރެކްތަކުގައެވެ.

ބުގާޓީ އިން ވަނީ ބޮލައިޑް އަކީ ބުގާޓީގެ ޗިރޮންގެ މޮޑިފައިޑް ވާޝަންއެއް ކަމަށް ބުނެފައެވެ. ބޮލައިޑްގައި 8.0 ލީޓަރުގެ 16 ސިލިންޑަރު ގެ އިންޖީނެއް ހުންނާނެ ކަމަށް ބުގާޓީ އިން ބުނެއެވެ.

މިކާރުގެ ސްޕީޑް ގަޑިއަކު 300 މޭލަށް ހުންނައިރު މިއީ ސުޕަރ ލައިޓް ކާރެއް ކަމަށްވެސް ބުގާޓީ އިން ބުނެއެވެ.

ކާރުގެ އަގު މިހާތަނަށް ބުގާޓީއިން ހާމަކޮށްފައި ނުވި ނަމަވެސް މިއީ ވަރަށް އަގުބޮޑު ކާރެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.