މުޅި މީސް މީޑިއާގައި އުމުރުން 34 އަހަރުގެ ރެފޭލް ނަޑާލްއަށް ތައުރީފު އޮހެމުން ދަނީއެވެ. ކެރިއަރުގައި ނެގި 20 ވަން ގްރޭންޑް ސްލޭމް ހާއްސަވީ ގިނަ އެތައް ސަބަބަކަށްޓަކައެވެ. ރޯޖާ ފެޑެރާގެ ރެކޯޑާ ހަމަކުރުމުގެ އިތުރުން ކްލޭ ކޯޓުތަކުގެ "ރަސްގެފާނު"ގެ ލަގަބު ދިފާއުކޮށް، ޓެނިހުގެ ތާރީހުގައި ފެވުނީތީއެވެ. ރޭގެ މޮޅަކީ ފްރެންޗް އޯޕަން ނަޑާލް ކާމިޔާބުކުރި 13 ވަނަ ފަހަރެވެ. އުނދަގޫ އަދި ގަބޫލުކުރަން ވެސް އުނދަގޫ ތަފާސް ހިސާބުތަކެކެވެ. ކްލޭ ކޯޓުގައި 100 މެޗު ކުޅުނުއިރު، ނަޑާލް ބަލިވީ އެންމެ ދެ މެޗުންނެވެ.
ރޭގެ ނަތީޖާއަށްފަހު އޮހެމުންދިޔަ ތައުރީފު ތެރެއިން ހާއްސަވީ ނަޑާލްގެ އެންމެ ބޮޑު ވާދަވެރިޔާ، ފެޑެރާގެ ހިތްގައިމު މެސެޖެވެ. އިހުތިރާމާއި ލޯބި ބަންޑުން ކޮށްލީ ފަށުއި އިބާރާތް ކޮޅަކުންނެވެ.
" ނަޑާލްއަށް އަބަދުވެސް ފުރިހަމައަށް އިހުތިރާމް ކުރަން. އެކުވެރިއެއްގެ ގޮތުގައާއި ޗެމްޕިއަނެއްގެ ގޮތުގައި. 20 އަކީ އަދިވެސް އަހަރެމެން ދެމީހުންނަށްވެސް ހުއްޓުމެއް ނޫން. އަދި ކުރިއަށް އޮތީ. ނަޑާލްއަކީ އަހަރެންގެ އެންމެ ވަރުގަދަ ވާދަވެރިޔާ، އެއީ އަހަރެމެން ދެމީހުންނަށްވެސް ލިބޭ ހިތްވަރު. ނަޑާލް އާއި ޓީމަށް މަރުހަބާ ކިޔަން. އުނދަގޫ ކަމެއް. ބުރަވެސް ކަމެއް. އެކަމަކު ނަޑާލްއަށް ފުރިހަމައަށް ހައްގު އަދަދެއް 20 ތަށްޓަކީ،" ކަކުލުގެ ސާޖަރީއެއްގެ ސަބަބުން ފްރެންޗް އޯޕަން ނުކުޅެވި ހުރި ފެޑެރޭ މީސް މީޑިއާގައި ބުނެފައި ވެއެވެ.
ރޭ ކުޅުނު ފްރެންޗް އޯޕަންގެ ފައިނަލުގައި، ފަސޭހަކަމާއެކު ދުނިޔޭގެ އެއްވަނައަށް ސީޑު ކޮށްފައިވާ ނޮވަކް ޖޮކޮވިޗް ބަލިކޮށް، ދުނިޔޭގެ ދެވަނައަށް ސީޑު ކޮށްފައިވާ ނަޑާލް ވަނީ އޭނާގެ ފެންވަރު ދައްކާލައިފައެވެ. މެޗުގެ ސެޓުތައް ނަޑާލް ގެންދިޔައީ 6-0، 6-2 އަދި 7-5 އިންނެވެ. މިއީ އުމުރުން 33 އަހަރު ޖޮކޮވިޗަށް މިއަހަރު ތެރޭގައި ތިން ސެޓުގެ ބައްޔަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ. ފުރަތަމަ ސެޓުގައި ނަޑާލްގެ ތަފާތާއެކު ޖޮކޮވިޗް މެޗުގެ ބާކީ ބައިގައި ފެނުނީ އުންމީދު ގެއްލިފައިވާ ތަނެވެ. ތިންވަނަ ސެޓުގައި ޖޮކޮވިޗަށް ދެ ފަހަރަކު އުންމީދީ ބްރޭކެއް ލިބުނު ނަމަވެސް، ނަޑާލް ވަނީ އެ ސެޓުވެސް އަނބުރާލައިފައެވެ.
ފެޑެރާގެ މެސެޖަށް ނަޑާލް ވަނީ ވަރަށް ކުރު ރައްދެއް ދީފައެވެ. "ފެޑެރާގެ އެކުވެރިކަމަކީ ވަރަށްވެސް ބޮޑު ކުރިއެރުމެއް، އެއީ ވަރަށް ބޮޑު އިންސްޕިރޭޝަނެއް،" ނަޑާލް ބުނެފައި ވެއެވެ.
ތަށްޓާއެކު ވާހަކަ ދައްކަމުން ނަޑާލް ބުނެފައި ވަނީ ފެޑެރާއަކީ ޒަމާންވީ ގާތް ރައްޓެއްސެއް ކަމަށާއި، ފެޑެރާގެ ކޮންމެ ކާމިޔާބީއަކަށް އޭނާ އުފާކުރާ ފަދައިން ނަޑާލްގެ ކޮންމެ ކާމިޔާބީއަކަށް ފެޑެރާވެސް އުފާކުރާނެ ކަމަށެވެ. އޭގެ އިތުރުން ނަޑާލް ބުނެފައި ވަނީ އޭނާއަކީ އަބަދުވެސް އަމިއްލަ ގޮތްތައް ގެން ގުޅޭ، އަމިއްލަ ކާމިޔާބީއަށް ފޯކަސް ކުރާނެ މީހެއް ކަމަށެވެ. އެހެން ކުޅުންތެރިއެއްގެ ކާމިޔާބީއަށް ބަލައި، އެކަމަށް ހަސަދަ ލައިގެން ކާމިޔާބީ ހޯދުމުގެ ވިސްނުން ގެންނަން މަސައްކަތް ނުކުރާނެ ކަމަށްވެސް ނަޑާލް ބުނެފައި ވެއެވެ.
"އަވައްޓެރި ގޭގެ ބޮޑު މިނުންނާއި އެ ގޭގެ މީހުން ގެންގުޅޭ ފޯނު ފެންވަރު ރަނގަޅުވުމުން، ނޫނީ ގެންގުޅޭ ބޯޓު ބޮޑުކަމުން ހަސަދަވެރި ވެ، ރުޅިވެރިވެގެން ނުވާނެ،" އެހެން މީހުންގެ ކާމިޔާބީތައް ބަލައިގަންނަން ޖެހޭނެ ކަމަށް ބުނެ ނަޑާލް ދިން މެސެޖުގައި ވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު