ރ. ވާދޫއިން ދެމަހުގެ ތުއްތު ކުއްޖަކު ހިމެނޭ ގޮތަށް އެއް އާއިލާއެއްގެ ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
"ވަން"އަށް މައުލޫމާތުދެއްވަމުން ވާދޫ ކައުންސިލުގެ މެންބަރު އަހުމަދު މުސްތަފާ ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ތިބި ދެމައިންގެ އިތުރުން ދެ މަހުގެ ތުއްތު އަންހެން ކުއްޖަކާއި ނުވަ އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.
މުސްތަފާ ވިދާޅުވީ، އެމީހުން ޕޮޒިޓިވްކަން އެނގުނީ ކަރަންޓީނުގެ 14 ދުވަސް ހަމަކުރުމަށްފަހު ނެގި ރިލީސް ސާމްޕަލްގެ ނަތީޖާއިން ކަމަށެވެ. އަދި އެމީހުންގެ ސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އެ އެންމެންނަކީ ވެސް އެއް ގެއެއްގައި ކަރަންޓީންވެގެން ތިބި މީހުންނެވެ. އަދި އެމީހުން އިތުރު ބަޔަކާ ބައްދަލުވެފައެއް ނުވެއެވެ.
ރ. ވާދޫއިން މިއަދު ޕޮޒިޓިވްވި މީހުންގެ ކިބައިން ބަލީގެ އަލާމާތެއް ފެނިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު