ބޮލީވުޑްގެ މަޝްހޫރު ބަތަލު އަޖޭ ދޭވްގަން ކުޅެން ހަމަޖެހިފައިވާ ސުޕަހީރޯ ފިލްމުގެ އެކްޝަން ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ ކޮރެއާގެ އެކްޝަން ޑައިރެކްޓަރެއް ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފިއެވެ.

ކުރީގެ ޑައިރެކްޓަރު ރާހުލް ރަވައިލްގެ ދަރިފުޅު ޝިވް ރަވައިލް ޑައިރެކްޝަނަށް ނުކުންނަ މި ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ދޫމް" ގޮތަށް ފްރެންޗައިޒެއްގެ ގޮތުގައި ގެނެސްދޭނެ ފިލްމެކެވެ. ވައިއާރްއެފަށް އަޖޭ ކުޅޭ ފުރަތަމަ ފިލްމުގައި އޭނާ ފެނިގެންދާނީ ވަރަށް ވަރުގަދަ ވިލަންއެއްގެ ރޯލުން ކަމަށްވެ އެވެ.

މި ފިލްމުގެ އެކްޝަން ޑައިރެކްޓަރެއްގެ ގޮތުގައި ގެންނަން ވާހަކަ ދެކެވޭ މީހުންގެ ތެރޭގައި ދެކުނު ކޮރެއާގެ އެކްޝަން ޑައިރެކްޓަރު ސީ ޔަންގް އޯ ހިމެނެ އެވެ. އޭނާ އަކީ 2013 ގެ ފިލްމު "ސްނޯޕިއާޒާ" ގެ އެކްޝަން ޑައިރެކްޓަރެވެ.