ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ހުސްވެފައިވާ މަގާމުތައް ހޮވުމަށް އަންނަ މަހުގެ 17 ވަނަ ދުވަހު އިންތިހާބީ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
ގޭމްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިންތިހާބީ ޖަލްސާއެއް ބާއްވަން ނިންމީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ 15 ވަނަ ޖަލްސާގައި ކަމަށާއި އެ ޖަލްސާގައި ބައިވެރިވޭނީ މިމަހުގެ 30 ވާ ބުދަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން މިއަހަރުގެ ފީ ދައްކާފައިވާ ޕްރިމިއާ މެންބަރުންނާއި ސިލްވާ މެމްބަރުންނަށް ކަމަށެވެ.
ގޭމްއިން ބުނީ، އެ ޖަލްސާގައި ހޮވުމަށް ހަމަޖެހިފައިވާ މަގާމުތައް އިއުލާނުކުރާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށެވެ.
ޕްރިމިއާ މެންބަރުންނާއި ސިލްވާ މެންބަރުންނަށް ވުމަށް އެދޭ ފަރާތްތަކުން ގޭމްގެ ޕީއާރް އެންޑް މާކެޓިން 9883317 އާ ގުޅައިގެން ކުރިއަށްގެންދިއުމަށް އެ އެސޯސިއޭޝަނުން އެދެއެވެ.
ގޭމްގެ ރައީސް އަދި ސެކްރެޓްރީ ޖެނެރަލްގެ ހުސްވެފައިވާ މަގާމަށް ވަގުތީ ގޮތުން ވަނީ މެންބަރުން އައްޔަނުކޮށްފައެވެ. ގޭމްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މޫސާ ނާސިހު އެ މަގާމުން އިސްތިއުފާދެއްވުމުންނެވެ. އަދި ގޭމްގެ އެސްޖީގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ސައުދުﷲ އަހުމަދުގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ ތުހުމަތާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު