މިއަހަރުގެ ގައުމީ އިނާމަށް 94 ފޯމު ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ ގައުމީ އިނާމަށް 94 ފޯމު ހުށަހަޅާފައިވާ ކަމަށާއި ފޯމު ހުށަހެޅި ފަރާތްތައް ޝަރުތު ހަމަވޭތޯ ބެއްލެވުމާއި ފޯމުތައް ދިރާސާކޮށް ޕޮއިންޓް ދިނުމުގެ މަސައްކަތް ގައުމީ އިނާމާބެހޭ ކޮމިޓީން ކުރިއަށްގެންދާ ކަމަށެވެ.
މިއަހަރުވެސް ގައުމީ އިނާމު ދިނުމަށް ހަމަޖައްސާފައިވަނީ މައިގަނޑު 33 ދާއިރާއަކުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އެގޮތުން މިއަހަރުވެސް ސަރުކާރުގެ މިނިސްޓްރީތަކުގެ އިތުރުންވެސް އެހެނިހެން މުއައްސަސާތަކުން މި ދާއިތާރަކުގެ ރޮނގުތަކާ ގުޅޭގޮތުން ހޯދައި، ގެންނަން ޖެހޭ ބަދަލުތައް ގައުމީ އިނާމާ ބެހޭ ކޮމިޓީން ގެނައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ސަރުކާރުން ދެމުންގެންދާ ގައުމީ އިނާމަކީ ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބަ އާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި މަދަނީ މުއައްސަސާތަކުންނާއި މަދަނީ ޖަމުއިއްޔާތަކާއި ޖަމާއަތްތަކުންނާއި ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީއަށް ކުރަމުންގެންދާ މަސައްކަތްތަކުގައި އެފަރާތްތަކުން ހޯދާ ކުރިއެރުންތަކުގެ ސަބަބުން މުޖުތަމައަށް ކުރާ ފައިދާ ބަލައިގަނެ އެކަންކަމުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ހިތްވަރުދިނުމުގެ މަގުސަދުގައިދޭ އިނާމެކެވެ.
ސަރުކާރުން މި އިނާމު ފުރަތަމަ ދޭން ފެށީ އާންމު ހިދުމަތުގެ އިނާމުގެ ނަމުގައި 1979 ވަނަ އަހަރުއެވެ. މި އިނާމު ދެއްވަމުން ގެންދަވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ. އަދި ފަހުން ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މި އިނާމު ދޭ ގޮތަށް ހަމަޖެއްސިއެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން ގައުމީ ދުވަހުގެ އިނާމު ގައުމީ ދުވަހު ދޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހަމަޖައްސަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު