ދިރާގު މޯބައިލް ކަސްޓަމަރުންނަށް ހާއްސަ ސްޓްރީމިން ބަންޑަލްތަކަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓިކްޓޮކް" އިތުރުކޮށްފި އެވެ.
މި ސްޓްރީމިން ބަންޑަލްގައި ޓިކްޓޮކްގެ އިތުރުން ނެޓްފްލިކްސް އަދި ޔޫޓިއުބު ފަދަ މަޝްހޫރު ސްޓްރީމިން އެޕްލިކޭޝަންތައް ހިމެނެ އެވެ.
ދިރާގުން ބުނީ މި ބަންޑަލް މަދުވެގެން 65 ރުފިޔާ އަށް މާދަމާ އިން ފެށިގެން އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ. އެގޮތުން 65 ރުފިޔާއަށް ލިބޭނީ ހަތަރު ޖީބީ އެވެ. އަދި 10 ޖީބީ، 250 ރުފިޔާއަށް ލިބޭއިރު 25 ޖީބީ ލިބޭނީ 375 ރުފިޔާއަށެވެ.
މި ބަންޑަލްތައް ދިރާގު މޯބައިލް އެޕްލިކޭޝަން ނުވަތަ 343 އަށް "ކީވޯޑް" އެސްއެމްއެސް ކޮށްގެން އެކްޓިވޭޓް ކުރެވޭނެ އެވެ.
ޓިކްޓޮކް އަކީ ދުނިޔޭގެ އެކި އުމުރު ފުރާތަކުގެ މީހުންގެ މެދުގައި ވެސް ވަރަށް މަގުބޫލު އެޕެކެވެ. މި އެޕްގައި ކޮންޓެންޓް ތައްޔާރުކުރާ ބައެއް ފަރާތްތަކަށް އެޕް މެދުވެރިކޮށް އާމްދަނީ ވެސް ހޯދަ އެވެ.
ދިރާގުން އަންނަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް، އެންމެ ފުރިހަމަ ޑޭޓާ ބަންޑަލްސް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި