ދ. ހުޅުދެލި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 20 އިންސައްތަ ނިމިއްޖެކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މި ޕްރޮޖެކްޓުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖޫން މަހު އެވެ. އެގޮތުން މި މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ހުޅުދެލި ފަޅު ފުން ކުރުމުގެ މަސައްކަތުގެ 26 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
ގާތްގަނޑަކަށް އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހުޅުދެލީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް 39.8 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ ޕްރޮޖެކްޓުގެ ދަށުން ހުޅުދެލީ ބަނދަރުގެ 45,585 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް 277 މީޓަރުގެ ބޭރު ތޮއްޓަކާއި 432 މީޓަރުގެ އެއްގަމު ތޮއްޓެއް ލާނެއެވެ.
އޭގެ އިތުރުން 60 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭއިރު 2160 ސްކޮޔާ މީޓަރު ޕޭވްމަންޓު ހެދުމާއި 20 މޫރިން ބުލޮކް ލުމާއި 21 ބަނދަރު ބައްތި ހަރުކުރުރުމާއި ދެ ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި ޕްރޮޖެކްޓުގައި ހިމެނެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި