ޕަބްލިކް ހިއްސާދާރުންގެ ފަރާތުން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އާމިނަތު ރުޝްމާ، ހ. މޮސްކޯގެ އިންތިހާބުކުރުމަށް އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.
ބޯޑަށް ރުޝްމާ އައްޔަނުކުރަން ނިންމީ މައިކްރޮސޮޕްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް މިހާރު ކުރިއަށްގެންދާ އެކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.
އެ ޖަލްސާގައި 52 ހިއްސާދާރުން ބައިވެރިވާ އިރު، ޕްރޮކްސީގެ ގޮތުގައި 41 ހިއްސާދާރުން ބައިވެރިވެފައިވެއެވެ. އެސްޓީއޯގެ ބޯޑަށް ރުޝްމާ އައްޔަނުކުރަން ނިންމީ ވޯޓުގައި ބައިވެރިވި 52 ހިއްސާދާރުންގެ އަގުލަބިއްޔަތުންނެވެ.
ސަރުކާރުގެ ފަރާތުން އެސްޓީއޯގެ ބޯޑުގައި ތިބި ޑިރެކްޓަރުން ކުރިއަށް އޮތް އަހަރުވެސް އެ މަގާމުގައި ތިބުމަށް ފިނޭންސް މިނިސްޓްރީން ވަނީ މީގެ ކުރިން އެސްޓީއޯއަށް އަންގައިފައެވެ.
އެހެންކަމުން ކުރިއަށް އޮތް ދައުރުގައި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުންނަކީ، އެސްޓީއޯގެ ޗެއާމަންގެ މަގާމުގައި ހުންނެވި ހާމިދު ނަޝީދު މުހައްމަދާއި، މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން އަމްރު މުހައްމަދު ރަޝާދާއި، މުހައްމަދު މިހާދާއި ސިމާދު އިބްރާހިމް އަދި ގައިސް އިސްމާއިލްގެ އިތުރުން އިސްމާއީލް ޖުމައިލް ރަޝީދުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު