މާތީ ތައުލީމު ހާސިލު ކުރުމަށް ސްޓޫޑެންޓް ލޯނު ދޫކުރާއިރު، ކޮންމެ ރަށަކަށް ޖާގައެއް ހާއްސަ ކުރާގޮތަށް އުސޫލު ބަދަލުކުރަން ވިސްނަވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
ސަރުކާރުން ދޫކުރާ މަތީ ތައުލީމުގެ ސްކޮލާޝިޕްތައް ދޫކުރުމުގެ އުސޫލުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން މައުލޫމާތުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ހިމެނޭގޮތަށް ކޮންމެ ދާއިރާއަކަށްވެސް މީގެކުރިން ލޯނު ދިނުމުގައި ކެޓަގަރީއެއް ހާއްސަކޮށްފައިވާ ކަމަށާއި ނަމަވެސް އެއަށް މާބޮޑު ތަރުހީބެއް ނުލިބޭ ކަމަށް ވިދާޅުވިއެވެ. އަދި އެ ކެޓަގަރީން ކުރިމަތިލީ އެންމެ 50 ކެތަގަރީއަށް ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްތަރު ވިދާޅުވީ، މިހާރު އޮތް އުސޫލު ބަދަލުކޮށް، މަޖިލީހުގައި ހިމެނޭ ކޮންމެ ދާއިރާއެއްގެ އިތުރުން ކޮންމެ ރަށަކަށް ޖާގައެއް ކަނޑައަޅައިފިނަމަ، މަޖިލީހުގައި ހިމެނޭ އިންތިހާބީ 87 ދާއިރާގެ އިތުރުން ރަށްތަކުން 192 ކުދިންނަށް މަތީ ތައުލީމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެކަމަކީ ރަށްރަށުގެ އިންސާނީ ވަސީލަތް ތަރައްގީކޮށް، ރާއްޖޭގެ ހުރިހާ ހިސާބަކަށް މަތީ ތައުލީމުގެ ފުރުސަތު ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރަމުން އަންނަ ކަންތައްތަައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް އިިންތިހާބީ ދާއިރާތަކުންނާއި، ރަށްރަށުން ލިބޭ ފުރުސަތުގައި މަތީ ތައުލީމު ހާސިލުކޮށްގެން އަންނަ ދަރިވަރުން، އެ ދާއިރާއެއްގައި ނުވަތަ އެ ރަށެއްގައި ކޮންމެވެސް މުއްދަތަކަށް ހިދުމަތް ކުރެވޭނެ ގާނޫނީ ނިޒާމެއް މަޖިލީހުން ގާއިމުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމުގެ ދާއިރާތައް މިނިސްޓްރީން ކަނޑައަޅައި ފުރުސަތުތައް އިއުލާން ކުރާއިރު، ކުދިން ބޭނުންވާ ދާއިރާއަކުން މަތީ ތައުލީމަށް ފުރުސަތު ނުލިބޭ ކަމަށް ބުނެ ބެލެނިވެރިންގެ ޝަކުވާ އަންނާތީ އެކަމަށްވެސް މިހާރު ހައްލެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ބޭނުން ދާއިރާއަކުން މަތީ ތައުލީމު ހާސިލުކުރުމަށް ސްކޮލާޝިޕްތަކުގެ ވަކި ޕަސެންޓެއް ހާއްސަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު