ދިރާގުން ސެމްސަން ގެލެކްސީ ނޯޓް 20 އަދި އެސް 20 އަލްޓްރާ 5ޖީ ޕްރީއޯޑާ ކުރުމަށް ހުޅުވާލައިފި އެވެ.

ދިރާގުން ބުނީ ސެމްސަން އިން އެންމެ ފަހުން ތައާރަފްކުރި ފްލޭގްޝިޕް ފޯނު، ގެލެކްސީ ނޯޓް 20 އަދި އެސް20 އަލްޓްރާ 5ޖީ މޮބައިލް ފޯނު ދިރާގު ވެބްސައިޓް މެދުވެރިކޮށް މިއަދުން ފެށިގެން ޕްރީ އޯޑަރު ކުރެވޭނެ ކަމަށެވެ. އަދި ދިރާގު މެދުވެރިކޮށް އެ ފޯނަށް ޕްރީއޯޑާ ކުރާ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއްގެ ދަށުން ހަ މަސް ދުވަސް ވަންދެން 10 ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ބުނީ، އެކުންފުނީގެ އީސިމް ބޭނުން ކުރެވޭ މި ދެ ފޯނުގެ ތެރެއިން ނޯޓް 20 ޕްރީއޯޑާ ކުރާ ކަސްޓަމަރުންނަށް ހިލޭ ގެލެކްސީ ބަޑްސް ޕްލަސް އަދި އެސް 20 އަލްޓްރާ 5ޖީ ފޯނު ޕްރީއޯޑާ ކުރާ ކަސްޓަމަރުންނަށް ގެލެކްސީ ބަޑްސް ލައިވް ހިލޭ ލިބޭނެ ކަމަށެވެ.

ގެލެކްސީ ނޯޓް 20ގެ ފޯނުގެ ކުލަތަކަކީ މިސްޓިކް ބްރޯންޒް އަދި މިސްޓިކް ގްރީން އެވެ. އެސް 20 އަލްޓްރާ 5ޖީގެ ކުލަތަކަކީ މިސްޓިކް ބްރޯންޒް އަދި މިސްޓިކް ބްލެކެވެ. މި ދެ ފޯނަކީ ވެސް 256 ޖީބީގެ ކެޕޭސިޓީގެ ދެ ފޯނެވެ.

ސެމްސަން އިން ހާމަކުރާ ގޮތުގައި މި ދެފޯނަކީ ވެސް 5ޖީ ބޭނުން ކުރެވޭނެ އަދި ގޭމު ކުޅޭ މީހުންނާއި "ޕަވާ ޔޫސަސް"ގެ މެދުގައި ވަރަށް މަގުބޫލު ފޯނުތަކަކަށް ވެގެންދާނެ އެވެ. ސެމްސަން ގެލެކްސީ ނޯޓް 20ގެ ސްކްރީން ސައިޒަކީ 6.7 އިންޗި އެވެ. އެސް 20 އަލްޓަރާ 5ޖީގެ ސްކްރީން ސައިޒަކީ 6.9 އިންޗި އެވެ.