ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށެވެ.
މެޓް އޮފީހުން ބުނީ ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެގޮތުން މެންދުރުފަހު 2:45 އިން ފެށިގެން ހަވީރު 6:00އަށް އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ.
އިއްޔެ ވެސް ވަނީ މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު