އެއްގަމު އުޅަނދު އިންޝުއާ ކުރަން ޖެހޭގޮތަށް އެއްްގަމު ދަތުރުފަތުރުގެ ގާނޫނުގައި އޮންނަ މާއްދާ އުވައިލުމަށް އިސްލާހު ހުށަހަޅައިފިއެވެ.
އެ ގާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައި، އިންޝުއަރެންސްއާ ބެހޭގޮތުން އޮންނަ އެ ގާނޫނުގެ 69 ވަނަ މާއްދާ އުވައިލުމަށް މި ބިލު ހުށަހަޅަން މަޖިލީހަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ. މި ބިލް މަޖިލީހުން ފާސްވެ ތަސްދީގު ކުރުމުން މިހާރު އިންޝުއަރެންސް ކުރަންޖެހޭ، އެއްގަމު އުޅަނދު އިންޝުއާ ކުރާކަށް ނުޖެހޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފައެވެ. ދެން އޮންނާނީ އެ ބިލު މަޖިލީހަށް ހުށަހަޅައި ބަލައިގަންނަން ފެނޭތޯ ބެލުމެވެ.
މި ބިލުގައި މެންބަރު ނަޝީދު ވިދާޅުވެފައިވަނީ، އިންޝުއަރެންސް ކުރަން ނުޖެހޭ ގޮތް ހަދަން އިސްލާހު ހުށަހެޅުއްވީ ދަތުރުފަތުރުގެ ގާނޫނު ހިންގަން ފެށިތާ 12 އަހަރުވަމުންދާ އިރު، އުޅަނދުތައް އިންޝުއަރެންސް ކުރެވުމުން ދިޔަ ނަމަވެސް އެކްސިިޑެންޓުތަކާ ގުޅިގެން އިންޝުއަރެންސް ލިބެމުން ނުދާތީ ކަމަށެވެ.
އޭގެ އިތުރުން ރައްޔިތުންގެ އަތުން އަހަރަކު އެތައް މިލިއަން ރުފިޔާއެއް އިންޝުއަރެންސް ކުންފުނިތަކުން ނަގަމުންދާ އިރު، އެކަމުގެ ސަބަބުން ސަރުކާރަށް ވެސް އަދި ރައްޔިތުންނަށް ވެސް އެއްވެސް މަންފާއެއް ލިބެމުން ނުދާ ކަމަށް ވެސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުން ލިބޭ ކަމަށާއި އެފަދަ ކަމެއް ކުރުމަށް އެ ގާނޫނުން ލާޒިމުކޮށްފައި އޮތުމަކީ ބަލައިގަންނަން ދަތި ކަމެއް ކަމަށްވެސް އެ ބިލުގައި ނަޝީދު ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު