އިލްމާއި ހުނަރު ހޯދުމުގައި ޒުވާނުން ފަސްނުޖެހުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އިސްތިމާސްކުރައްވައިފިއެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ޒުވާނުންނަށް ރައްދުކުރެއްވުމަށް މިނިސްޓަރު ދެއްވި ކުރު މެސެޖުގައި ވިދާޅުވީ ގައުމީ އަދި ބައިނަލްއަގުވާމީ ދުނިޔޭގައި ފައިތިލަ ސާބިތުކުރުމަށްޓަކައި، އިޖުތިމާއީ އަދި އިގުތިސޯދީ ކަންކަމުގައި ޒުވާނުންގެ ވިސްނުން ފުޅާކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ކަންކަމަށް ޒުވާނުން އިސްނަގާ މިންވަރު އިތުރުކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ޝައުގުވެރިކަން ކުރިއަށް ނެރެ، އިސްނެގުން އިތުރުކޮށް އިލްމާއި ހުނަރު ހޯދުމުގައި ފަސްނުޖެހުމަށް އިލްތިމާސްކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ ޒުވާނުންގެ ދުވަހެވެ. މިއަހަރުގެ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ޝިއާރަކީ "ޔޫތު އެންގޭޖްމަންޓް ފޯ ގްލޯބަލް އެކްޝަން" އެވެ.
ޚަބަރު
ޚަބަރު
ޚަބަރު