ތ. ގުރައިދޫ ކްލަބު ބުލޫ އީގަލްސް ފުޓްސަލް ކަޕްގައި ރޭގެ މެޗުތަކުން ލަޔަންސްއާއި ވިންސިއާ މޮޅުވި އިރު ދޮޅަހަ އާއި އީފައިޓާސް އެއްވަރު ވެއްޖެއެވެ.

މި މުބާރާތުގައި ރޭވެސް ތިން މެޗް ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ އަނދަރާ މަތި އަދި ލަޔަންސް އެވެ. މި މެޗް 4-2 ގެ ނަތީޖާއަކުން ލަންސް ވަނީ ކާމިޔާބު ކޮށްފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ލަޔަންސްގެ އަލީފް އެވެ.

ދެވަނަ މެޗްގައި ބައްދަލުކުރީ އީ ފައިޓާސް އާއި ދޮޅަހަ އެވެ. އެ މެޗް ނިމުނީ 4-4 އިން ދެޓީމް އެއްވަރު ވެގެންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދޮޅަހަ އަށް މޮޅު ކުޅުމެއް ދެއްކި އަރީފް އެވެ.

ރޭގެ ފަހު މެޗުގައި ބައްދަލުކުރީ އެވިލް އާއި ވިންސިއާ އެވެ. ވިންސިޔާ މެޗް ކާމިޔާބުކުރީ 3-2ގެ ނަތީޖާ އަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ވިންސިއާގެ މުނާޒް އެވެ.

ދެ ގްރޫޕަކަށް ބަހައިލައިގެން ކުޅޭ މި މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއް ލިބޭނެއެވެ. މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވިންސިއާއެވެ.