ހޮންގްކޮންގުގެ އާންމު އިންތިހާބު އަންނަ އަހަރަށް ފަސްކޮށްފިއެވެ.
ހޮންގްކޮންގުގެ ސަރުކާރުންވަނީ އެގައުމުގައި ކޮވިޑް ފެތުރުން އިތުރުވެ ގައުމު ނުރައްކަލާ ކުރިމަތިވަމުން ދިޔުމާއެކު އާންމު އިންތިހާބު ލަސްކުރިކަން އިއުލާންކޮށްފައެވެ. އިންތިހާބު ފަސްކުރުމާއެކު އިދިކޮޅުން ވަނީ މިއީ އެގައުމުގެ ރައްޔިތުން ވޯޓުލުމުން މަހުރޫމު ކުރުމަށް ކުރަން އުޅޭ ކަމެއްކަމުގައި ބުނެ ސަރުކާރަށް ފާޑުކިޔައިފައެވެ.
ސަރުކާރުން ވަނީ މިއީ އެންމެންގެ ރައްކަލަށް ކުރާ ކަމެއް ކަމަށާއި މިކަމުގައި ސިޔާސީ ސަބަބުތަކެއް ނެތް ކަމަށް ބުނެފައެވެ.
ހޮންކޮންގުގެ އާންމު އިންތިހާބަށް ކެމްޕެއިން ފެށުމާއެކު އެގައުމުގެ ސިޔާސީ މަޝްރަހު ހަލަބޮލިވެގެން ދިޔައެވެ. ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ އަސަރު ކެމްޕެއިންތަކަށް ދަނީ ކުރަމުންނެވެ.
ހޮންގްކޮންގުގައި ފާއިތުވެދިޔަ 10 ދުވަހުވެސް ކޮންމެ ދުވަހަކު މަދުވެގެން 100 ކޮވިޑް ކޭސް ފެންނަމުން ދާކަމަށް ރެކޯޑުތަކުން ދައްކައެވެ.
ހޮންގްކޮންގުން މިހާތަނަށް 3200 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 27 މީހުން ވަނީ މަރުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ