އެމެރިކާގެ މަޝްހޫރު ރެޕަރ ކެންޔޭ އޭނާ މިއަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ބައިވެރިވާނެ ކަން އިއުލާން ކުރުމުން ސަޕޯޓަރުންނާއި އެކުވެރިން ކެންޔޭގެ ނަފްސާނީ ހާލަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. ކެންޔޭގެ އަންހެނުން އަދި އެމެރިކާގެ މަޝްހޫރު މޮޑެލް ކިމް ކާޑޭޝިއަން ވަނީ ފިރިމީހާ ކެންޔޭ ނަފުސާނީ ބައްޔެއް ކަމަށްވާ ބައިޕޯލަރ ޑިސްއޯޑާގެ ޝިކާރައަކަށްވެފައިވާ ކަމަށް ބުނެފައެވެ.

މިދިޔަ މަހު ފަހުކޮޅު ކެންޔޭ ވަނީ އޭނާ އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލާ ކަން އިއުލާން ކޮށް ސައުތު ކެރޮލިނާގައި ކެމްޕޭނު ރެލީއެއްވެސް ކުރިޔަށް ގެންގޮސްފައެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި، ކެންޔޭ އަދި ކިމް ދަނީ ދެމީހުން ވަކިވުމަށް މަޝްވަރާ ކުރަމުންނެވެ. ކިމް އަދި ކެންޔޭ ކައިވެނި ކޮށްގެން އުޅޭތާ މިހާރު 6 އަހަރު ވެފައިވާއިރު، އެދެމީހުންގެ 4 ދަރިން އެބަ ތިއްބެވެ. އެދެމީހުން ވަރިވާން ވިސްނާތާ ވަރަށް ދުވަސް ވެއްޖެ ކަމަށް ބައެއް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ. އެގޮތުން ކިމް އަދި ކެންޔޭގެ ވަރަށް ގާތް މީހަކާ ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އެދެމީހުން ވަރިވުމަށް ވަރަށް ސީރިއަސްކޮށް ވިސްނާތާ މިހާރު ދެތިން ހަތަރު ހަފުތާ ވެއްޖެއެވެ.

މީގެ އިތުރުން މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ކިމް އަދި ކެންޔޭ ދެމީހުން މަޝްވަރާ ކޮށް ވާހަކަދެއްކުމަށްފަހު، ދެ މީހުންވެސް ގަބޫލުކުރަނީ އެގުޅުން އިތުރަށް ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.

ކެންޔޭ މީގެކުރިން ކުރި ޓުވީޓްތަކެއްގައި ވަނީ ކިމް އަދި ރެޕަރ މީކް މިލް އާއި ދޭތެރޭ ގުޅުންތަކެއް އޮންނާތީ ވަރިވާން ވިސްނާކަމަށް ބުނެފައެވެ އެހެންނަމަވެސް ކެންޔޭ ވަނީ ފަހުން އެ ޓުވީޓްތައް ޑިލީޓް ކޮށްލައިފައެވެ. އެހެންނަމަވެސް މީކް ވަނީ ކެންޔޭގެ އެވާހަތައް ދޮގުކޮށްފައެވެ.