ވޯލްޑް އިމޯޖީ ޑޭ ފާހަގަކުރުމުގެ ގޮތުން ތިން އިމޯޖީއިން އެންމެ ގާތް އެކުވެރިޔާ ސިިފަކޮށްދީގެން ގުރުއަތުން ހޮވޭ ފަރާތްތަކަށް 5 ޖީބީގެ ހިލޭ ޑޭޓާ ދޭން ނިންމާފައިވާ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ، ދިރާގުގެ މީސް މީޑިއާ އެކައުންޓުތަކުގައި ވޯލްޑް އިމޯޖީ ދުވަހާ ގުޅިގެން ލާފައިވާ ފޮޓޯގެ ކޮމެންޓް ބައިގައި އެންމެ ގާތް އެކުވެރިޔާ ޓެގްކޮށް، ތިން އިމޯޖީ ބޭނުން ކޮށްގެން އެންމެ ގާތް އެކުވެރިޔާ ސިފަކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަށާއި، އެފަރާތުގެ އެންމެ ގާތް އެކުވެރިޔާއަށް 5 ޖީބީގެ ޑޭޓާ ދޭން ނިންމާފައިވާ ކަމަށެވެ.

އެ ޕްރޮމޯޝަން ކުރިއަށްދާނީ މާދަމާ ރޭ 23:59 ގެ ނިޔަލަށް ކަމަށް ދިރާގުން ބުނެއެވެ.

ވޯލްޑް އިމޯޖީ ޑޭ ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ. ދިރާގުން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް އެދުވަސް ފާހަގަކުރަމުންނެވެ.

ދިރާގުން ބުނީ، އިމޯޖީ މެސެޖުގެ ޒަރީއާއިން ވާހަކަ ދައްކާއިރު އިމޯޖީއަކާ ނުލައި ވާހަކަ ދެއްކުމުން އެވާހަކަތައް ފުރިހަމަ ނުވާ ކަމަށާއި އެހެންކަމުން އިމޯޖީ ވަނީ އެތައް ބައެއްގެ ބޮޑު މަގުބޫލުކަމެއް ހޯދައިފައި ކަމަށެވެ.