ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އައްސާމް ސްޓޭޓުން 59 މީހުން މަރުވެއްޖެއެވެ.

އިންޑިއާގެ އައްސާމް ސްޓޭޓަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި މިލިއަނެއްހާ މީހުންނަށް މިކަމުގެ އަސަރު ކޮށްފައިވާ ކަމަށް އެސްޓޭޓްގެ ޑިޒާސްޓާ މެނޭޖްމަންޓް އޮފިޝަލަކު ވަނީ ބުނެފައެވެ.

އައްސާމުގެ 30 ޑިސްޓްރިކްޓަކަށް ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. އެސްޓޭޓްގެ ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ވަގުތީ ހިޔާގެ ގޮތުގައި 426 ރިލީފް ކޭމްޕުގައި ލައްކައަކަށްވުރެ ގިނަމީހުން ތިބިކަމަށް މައުލޫމާތު ދީފައެވެ.

ފެންބޮޑުވެފައިވާ ސަރަހައްދު ތަކުގައި 275 ބޯޓު ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރަން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް އައްސާމްގެ ޑިޒާސްޓާ މެނޭޖްމަންޓް އިން ވަނީ މައުލޫމާތު ދީފައެވެ.

ރިޕޯޓުތައް ބުނާގޮތުން އައްސާމްގެ ބްރަހްމަޕުތުރާ ކޯރު ބަންޑުންވެ އެ ސަރަހައްދުގައި އޮންނަ މަޝްހޫރު ޕާކެއް ފެންބޮޑުވެ ގިނަ އަދަދެއްގެ ޖަނަވާރުން ވެސް ރައްކާތެރިކަން ހޯދުމަށް މީހުން ދިރިއުޅޭ ސަރަހައްދު ތަކަށް އަންނަމުން އެބަ ދެއެވެ. އައްސާމްގެ