ރާއްޖޭގެ މީޑިއާ އައުޓްލެޓްތަކުން އުފައްދާ ޕްރޮގްރާމުތަކުގެ ނަންތައް ހިމެނޭ ދަފްތަރެއް ތައްޔާރުކުރުމުގެ މަސައްކަތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ފަށައިފިއެވެ.
އެ ކޮމިޝަނުން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފައިވާ ގޮތުން، ނޫސް މަޖައްލާ ރަޖިސްޓަރީކުރުމަށް އެކި ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތަކުގައި ހިމެނޭ ނަންތައް ފާސްކުރުމުގެ މަރުހަލާއަށް މި ދަފްތަރު ބޭނުންވެއެވެ.
ނޫސް މަޖައްލާ ރަޖިސްޓަރީކުރުމުގެ ގަވާއިދު (ނަންބަރު: 2026/އާރް-27) ގެ 7 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ގޮތުން، ނޫހެއް ނުވަތަ މަޖައްލާއެއްގެ ނަމަކީ ރާއްޖޭގެ މީޑިއާއަކުން އަމިއްލައަށް އުފައްދައިގެން ހިންގާ މަޝްހޫރު ޕްރޮގްރާމެއް ނުވަތަ ކޮލަމެއްގެ ނަމަށް ވެގެން ނުވާނެއެވެ.
އެހެންކަމުން، ޕްރޮގްރާމުތައް އުފައްދައި ޝާއިއުކުރާ މީޑިއާތަކުން އެ ޕްރޮގްރާމުތަކުގެ ނަންތައް 22 ނޮވެމްބަރު ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ކޮމިޝަނާ ހިއްސާކޮށްދިނުމަށް ވަނީ އެދިފައެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
ކޮމެންޓް