ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ގާނޫނާ ހިލާފަށް 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާ ރާއްޖޭން ބޭރަށް ގެންދަން އުޅެނިކޮށް އަތުލައިގަތް މީހުންގެ ބަންދަން 10 ދުވަސް ކުރިމިނަލް ކޯޓުން ޖަހައިފިއެވެ.
ފުލުހުން ބުނީ މި ފައިސާތައް އަތުލައިގަތީ، މިކަމަށް ހާއްސަކުރެވިފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ބަންގުލަދޭޝަށް ފުރަން ގޮސް ތިއްބައި ހުއްޓުވި ބަންގުލަދޭޝްގެ 6 މީހެއްގެ އަތުން ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ހަ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެއިން ކޮންމެ މީހެއްގެ ބަންްދަށް 10 ދުވަހުގެ މުއްދަތެއް ވަނީ ޖަހައިފައެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ، ބަންލަދޭޝްގެ 6 މީހުން ކަަމަށްވާ، މުހައްމަދު މައިނުއްދީން ސަލާހު އާއި ރަޖިބްގެ އިތުރުން މުހައްމަދު އަބްދުﷲ އާއި އަޖްގޮރް މިރިދާ ކިޔާ މީހަކާއި އެމްޑީ މޮހިއްދީން ޗޯދްރީ އާއި އެމްޑީ ޝަހިން މިއާ އެވެ.
މީގެ ތެރެއިން ބައެއް މީހުން ބުނީ، އެމީހުން އެއާޕޯޓަށް ދިޔައީ މީހަކު ފުރުވަން ކަމަށެވެ. އަނެއް ބަޔަކު ބުނެފައިވަނީ މީހަކު ބަލައި ކަމަށެވެ. ފައިސާ ފެނުނު އެމީހުންގެ ލަގެޖް ތަކަކީ ބަޔަކު ދިން އެއްޗެއް ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ. އެ ތަކެއްޗަކީ މީހަކު އުފުލައިދޭން ހަވާލުކުރި ލަގެޖްތަކެއް ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ. އަދި އެއާ ޕޯޓަށް ދިޔައީ މީހަކު ދިން ޕާރުސަލެއް އެހެން މީހަކާ ހަވާލު ކުރަން ކަމަށްވެސް ބުނެފައިވެއެވެ.
އެމީހުން އުޅުނީ އޮޅުވާލައިގެން އެ ފައިސާތައް ސީރިއަލް ޕެކެޓް ތަކަކަށް ލައިގެން ރާއްޖޭން ބޭރު ކުރާށެވެ.
އިބްރާހިމް ޒަކީ
ޚަބަރު
ޚަބަރު
ޚަބަރު
ކޮމެންޓް