މެލޭޝިއާއާ ގުޅިގެން ރާއްޖޭގައި ހަލާލު އަދި އިކޯ ޓޫރިޒަމް ކުރިއަރުވަން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސް އޮފީހުގައި ދެ ބޭފުޅުން އެކުގައި ދެއްވި ޕްރެސް ބްރީފިންގައި ރައީސް މުއިއްޒު ވިދާޅުވީ، ބޮޑުވަޒީރުގެ ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި މެލޭޝިއާގެ ގުޅުން އިތުރަށް ބަދަހިވެގެންގޮސްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައިވެސް އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.
"ބޮޑުވަޒީރާއި އަޅުގަނޑު މިވަނީ އެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ބައިނަލްއަގުވާމީ މަންސަތައް ކަމަށްވާ އދ. އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، ކޮމަންވެލްތުގައި އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެފައި" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޓޫރިޒަމަކީ މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް އެންމެ މުހިންމު އެއް ގުޅުން ކަމަށާއި އެ ގައުމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން މަސައްކަތްކުރައްވާނެ ކަމަށެވެ.
"ހަލާލް އިންޑަސްޓްރީ ކުރިއެރުވުމަށާއި ސަގާފީ ޓޫރިޒަމާއި އިކޯ ޓޫރިޒަމާއި މުސްލިމުންނާ ރައްޓެހި ދަތުރުފަތުރު ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް އަޅުގަނޑުމެންނަށް އެއްބަސްވެވުނު." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން، އިގުތިސޯދީ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ހަރުދަނާ ގޮތްތަކާ ބެހޭގޮތުން ބޮޑުވަޒީރާއެކު މަޝްވަރާކުރެއްވި ކަމަށާއި ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ އާ ފުރުސަތުތައް ހުޅުވިގެންދާނެ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާތައްވެސް ކުރެއްވި ކަމަށް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައިވަނީ ރާއްޖޭގައި އިންވެސްޓުކުރުމަށް، ހާއްސަކޮށް އިޔާދަކުރަނިވި ހަކަތައާއި ޓެކްނޮލޮޖީގެ ދާއިރާއިން އިންވެސްޓުކުރުމަށް މެލޭޝިއާގެ ސަރުކާރަށާއި ވިޔަފާރިތަކަށް ދައުވަތު ދެއްވައިފައެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް