ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގައި ހަރަކާތްތެރިވާ ބިދޭސީންގެ ތެރޭގައި ޑޮލަރު ސްމަގްލް ކުރާ މީހުން އުޅޭކަން ފާހަގަ ވެފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮލަރުގެ މައްސަލަ ހައްލު ކުރުމަަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އިހުސާން ވިދާޅުވީ، ޑޮލަރުން އާމްދަނީ ލިބޭ މީހުންނަށް އެ ފައިސާ މާރުކުރެވޭނީ ބޭންކު ނުވަތަ އެ ކަމަށް ހުއްދަ ލިބިފައި އޮތް ތަނެއް މެދުވެރިކޮށް ކަމަށެވެ. ނަމަވެސް ފުލުހުން ތަހުގީގުކުރަމުން އަންނަ ޑޮލަރު މައްސަލަތަކުގެ ތެރޭގައި ޑޮލަރުން އާމްދަނީ ލިބޭ މީހުން، ވިޔަފާރިންނަށް ޑޮލަރު ވިއްކަމުންދާ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށާއި އެއީ އެފަދަ ހުއްދައެއް ނެތް ބައެއް ކަމަށް އިހުސާން ވިދާޅުވިއެވެ.
އެހެންކަމުން ގާނޫނުތައް ބުނާގޮތުން އެއީ ޖިނާއީ ކުށެއްކަން ހަނދާން ކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ ޖިނާއީ ކުށެއް ކޮށް، އެއިން ލިބޭ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކުރުމަކީ މަނީ ލޯންޑަރިން ކަމަށް ބެލެވޭނެ ކަމަށެވެ.
"މުސާރާ ލިބުނީމަ އެ މުސާރަތައް ޖަމާ އެބަކުރޭ ދިވެހި ވިޔަފާރީއެއްގެ ނަމުގައި އޮންނަ އެކައުންޓްތަކަށް. އޭގެން ކޮންމެ ދުވަހަކު ޑޮލަރު ބަދަލުކުރަމުން އެބަދޭ. އެ ޑޮލަރުތައް އެއްކޮށްގެން ސްމަގްލްކޮށްގެން ގެންދޭ އެބަ. މިފަދަ ވަރަށް ގިނަ ގާނޫނާއި ގަވާއިދާ ހިލާފު ޖިނާއީ ކުށްތަކަށް ބިދޭސީން އަރަމުން މިދަނީ،"
މިނިސްޓަރު ވިދާޅުވީ، މިކަމުގައި ދިވެހިން ބައިވެރިނުވުމަކީ ތަކުރާރުކޮށް ނަސޭހަތްތެރިވާކަމެއް ކަމަށެވެ.
ފުޅާ ދާއިރާއެއްގައި ޑޮލަރު މާރުކުރާކަން ތަހުގީގަށް ހާމަވެއްޖެނަމަ ފިޔަވަޅު އަޅަމުން ގެންދާނެކަމުގެ ޔަގީންކަން ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދިވެއްސެއްގެ ނިވާފަތްގަނޑެއްގައި ބިދޭސީން އެގޮތަށް އެކަން ކުރާނަމަ ދިވެހި މީހާއަށްވެސް ފިޔަވަޅު އަޅާނެކަމަށެވެ.
ގާނޫނު ތަންފީޒުކުރަން ފެށުމުން ބިދޭސީ މީހާއަށް އިހުމާލުވާކަން އެނގެމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެގޮތަށް އިހުމާލުވާ ކޮންމެ ބިދޭސީއަކަށް 50،000 ރުފިޔާއިން ދިވެހި މީހާ ޖޫރިމަނާކުރެވޭނެ ކަމަށެވެ.
އިބްރާހިމް ޒަކީ
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ކޮމެންޓް