ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު މަގާމުން ރިޓަޔާ ކޮށްފިއެވެ.
ފަނޑިޔާރު އިބްރާހިމް މާހިރު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ މަގާމަށް އައްޔަން ކުރުމުގެ ކުރިން ހުންނެވީ ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައެވެ.
އިބްރާހިމް މާހިރު ޝަރުއީ ދާއިރާގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ ފެމިލީ ކޯޓުގައެވެ. އެ ކޯޓުގައި 15 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވިއެވެ.
ފަނޑިޔާރު އިބްރާހިމް މާހިރު ރިޓަޔާ ކުރެއްވުމަށް ނިންމަވައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.
ފަނޑިޔާރު އިބްރާހީމް މާހިރު ހައި ކޯޓުގެ ފަނޑިޔާރުކަމުން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރުމާ ގުޅިގެން އެ ކޯޓުން ވަނީ އޭނާ ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.
އިބްރާހިމް ޒަކީ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ހުޅުމާލެ ފޭސް 2
ޚަބަރު
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކޮމެންޓް