މުވައްޒަފުންގެ މުސާރަނުދީ ކައުންސިލުތަކުން ކުޅިވަރަށް ހަރަދު ކުރާކަން ފާހަގަވެފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.
ދިވެހިރާއްޖޭގެ އަޑާއި ޕީއެސްއެމް ގުޅިގެން ކުރިޔަށްގެންދާ "އަހާށޭ ބުނާނަން" ރޭގެ ޕްރޮގްރާމްގައި އެލްޖީއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ނިމާލު ވިދާޅުވީ ކައުންސިލުތަކާ ގުޅުވައިގެން އެލްޖީއޭއަށް އެންމެ ގިނައިން އަންނަ ޝަކުވާއަކީ، ބިންތައް ނަހަމަ ގޮތުގައި ދޫކުރުމާއި ފައިސާ އިސްރާފުގެ ގޮތުގައި ބޭނުންކުރުމާއި އިއުލާނު ކުރުމެއްނެތި މުވައްޒަފުން ނަގާ ކަމުގެ ޝަކުވާތައް ކަމަށެވެ.
ނިމާލް ފާހަގަ ކުރެއްވި ގޮތުގައި ކައުންސިލުތަކުގެ ވޯކްޕްލޭނުގައި ނެތް ވަރަށް ގިނަ ކަންކަމަށް ކައުންސިލިތަކުން ހަރަދު ކުރާ ކަމަށެވެ. އެގޮތުން ރަށު ކައުންސިލުގެ ތަރައްގީގެ ބަޖެޓުގައި ހިމަނާފައިވުނާ ކަންކަމަށާއި މުބާރާތްތަކަށް އެންގުމެއް ނެތި ބޮޑެތި ހަރަދުތައް ކުރަމުންދާ ކަމަށެވެ. އަދި އެގޮތަށް ހަރަދު ކުރުމަށްފަހު ކައުންސިލުތަކުގެ މުވައްޒަފުންނަށް މަހު މުސާރަ ދެވޭނެ ވަރު ނެތް ކަމަށް ބުނެ ކައުންސިލުތަކުން އެލްޖީއޭއަށް ޝަކުވާ ހުށަހަޅާ ކަމަށް ވެސް ވިދާޅުވިއެވެ..
"އަތޮޅު ތެރޭގައި އޮތް ކޮންމެވެސްސް އެއް ކަމަކަށް ހަރަދުކޮށްލަނީ. ވޯކް ޕްލޭނުގައި ނުވެސް ނެތް ކަމަކަށް، ކުރަންވެގެން ހުއްދައަކަށް އެދި ފޮނުވާފައި، އޭގެ ހަފުތާއެއް ކުރިން މި އަހަނީ، ތިމަންނަމެންނަށް މުވައްޒަފުންނަށް މުސާރަދެވެން ނެތޭ ބަޖެޓަކުއެއް. އެކަމަކު މުވައްޒަފުންނަށް މުސާރަ ދޭ ވަރަށް ވުރެ ބޮޑު ހަރަދެއް އެބަކުރޭ މިދެންނެވި މުބާރާތަކަށް. ދެން ސުވާލު ކުރިން ކީއްވެހޭ އެ މުބާރާތަށް ފައިސާ ހަރަދު ކުރާއިރުގައި، އެއީ ބަޖެޓް ޕްލޭންގައި ނެތް ކަމެކޭ، މުވައްޒަފުންނަށް މުސާރަ ދެވޭނެ ވަރު ބަޖެޓުގައި ބަހައްޓާފައި ނޫންހޭ އެހެން ކަންކަން ކުރަންޖެހޭނީ. މިހަކަލަ ވަރަށް ގިނަ ޝަކުވާތައް އާދޭ،" ނިމާލް ވިދާޅުވިއެވެ.
ގެއްލިގެން ހޯދާ މީހުން
ބޭރު ކުޅިވަރު
ރަށު ކައުންސިލް
ބޭރު ކުޅިވަރު
ކޮމެންޓް