މާލޭގެ ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން ފުރިހަމަކުރުމަށްޓަކައި ހުރިހާ އަވަށެއްގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކޮށް މަޝްވަރާކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ރީތިންކް މާލެ އާބަން ސްޓްރެޓެޖީ އާއި ލޯކަލް ޑިވެލޮޕްމަންޓް ޕްލޭންގެ އޮނިގަނޑާ އެއްގޮތަށް މާލޭގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގެ ދަށުން ކޮންމެ އަވަށެއްގެ ރައްޔިތުންނާ ބައްދަލުކޮށް ހިޔާލު ހޯދުމަށް ހަމަޖެހިފައިވާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީ މީގެ ފުރަތަމަ ބައްދަލުވުން އޮންނާނީ ގަލޮޅުގެ ރައްޔިތުންނާ އެކު ކަމަށާއި މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ގަލޮޅު މަދަރުސާގައި ކަމަށެވެ. މި ބައްދަލުވުމުގައި ވިލިމާލޭގެ ރައްޔިތުން ވެސް ބައިވެރިވުމަށް ކައުންސިލުން ވަނީ ދައުވަތު ދީފައެވެ.
މި ބައްދަލުވުންތައް ބާއްވަން ނިންމާފައި މިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމަށް ބޮޑު ހަރަދެއް ހިނގާފައިވާކަން ފާހަގަވެ، އާންމުންގެ ފާޑުކިއުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހާމަވި މައުލޫމާތުތަކުން ދައްކާ ގޮތުގައި މިދިޔަ ފެބްރުއަރީ މަހު ބޭއްވި ރައްޔިތުންގެ ބައްދަލުވުމަކަށް ބޮޑު ހަރަދެއް ހިނގާފައިވެ އެވެ. ނަމަވެސް އެ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން ކައުންސިލްގެ އިސްވެރިން ވިދާޅުވެފައިވަނީ ކުރީގެ އަހަރުތަކާ އަޅައިބަލާއިރު މިފަދަ ހަރަދުތައް މިހާރު ވަރަށް ބޮޑަށް ކުޑަކޮށްފައިވާ ކަމަށެވެ
އަލީ ޔާމިން
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
ކޮމެންޓް