ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކޯޓުން ބަންދުން ދޫކޮށްލި މީހާގެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ޑްރޯންއެއް ބޭނުންކޮށްގެން ގާތްގަނޑަކަށް 395 ގްރާމަށްވުރެ ގިނަ މަސްތުވާތަކެތި މާފުށީ ޖަލަށް ވައްދަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މިދިޔަ މޭ މަހުގެ 24 ވަނަ ދުވަހު ހައްޔަރުކުރީ ކާށިދޫ މީހެކެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާ ހައްޔަރުކޮށް އެތަކެތި ހޯދީ ލިބުނު އިންޓެލިޖެންސު މައުލޫމާތަކާ ގުޅިގެން މާފުށީ ޖަލާއި މާފުށީ ޕޮލިސް ސްޓޭޝަން އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ނަމަވެސް މާފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ ޝަރުތުތަކާއެކު އޭނާ ދޫކޮށްލައިފައެވެ.
މާފުށީ ކޯޓުން އޭނާ ދޫކޮށްލުމުން ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ ކޯޓުގެ ތާވަލުން އެނގޭ ގޮތުގައި އެ މައްސަލައިގެ އަޑުއެހުންތައް މިހާރު އެ ކޯޓުގައި ވަނީ ފަށައިފައެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.
އަލީ ޔާމިން
އެޕަލް
ކުޅިވަރު
މަސްތުވާތަކެތި އެތެރެކުރުން
ހުޅުމާލެ
ކޮމެންޓް