އެންމެ ފުރަތަމަ ގައުމު އިސްކުރުމުގެ ޝިއާރު ނަގަހައްޓައި ދިވެހި ގައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ، މީގެ 467 އަހަރު ކުރިން ފުރެތިކާލުންގެ އިސްތިއުމާރީ ކަސްތޮޅުތަކުން ރާއްޖެ މިންޖުކޮށްދެއްވި ހިތްވަރުގަދަ ބަތަލުންގެ އަގުހުރި ޖިހާދުގެ ކާމިޔާބީ ހަނދާންކުރައްވައިފައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކުވެސް އެކަމުގެ އަސްލަކަށް ވެފައިވަނީ ދިވެހި ގައުމަށް ހެޔޮނޭދޭ އަމިއްލަ އެދުން ބޮޑު ބަޔަކު ވީ ހިޔާނާތެވެ. އެފަދަ ހިތި ތަޖުރިބާތަކެއް އަލުން އިއާދަވިޔަނުދިނުމަށްޓަކައި މިއަދު ގަދައަޅައި އަޒުމު އާކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މި ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ގައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް ވުމަށް އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ގައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވަވަމުން، ރައީސް ވަނީ ކޮންމެ ދަރިއެއްގެ ހިތުގައިވެސް ގައުމީ ރޫހު އާލާކުރުމަށް އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް