އިންޑިއާގެ މީޑިއާތަކުން ފަތުރަމުންދާ، އޭނާގެ މުދަލާއި ފައިސާ ހިފަހައްޓާފައިވާ ކަމަށް ބުނާ ރިޕޯޓުތައް ދޮގުކޮށް، އެފަދަ އެއްވެސް އެންގުމެއް ރަސްމީ އިދާރާއަކުން އަންގާފައި ނުވާ ކަމަށް ދުބާއީގެ ވިޔަފާރިވެރިޔާ އަދި އެނެކްސް ހޯލްޑިންގްގެ ބާނީ ސަތީޝް ސަންޕާލް ބުނެފިއެވެ.
ހަލީޖް ޓައިމްސްއަށް ދިން ބަޔާނެއްގައި ސަންޕާލް ބުނި ގޮތުގައި، އޭނާއާ ގުޅޭ ގޮތުން މީޑިއާތަކުގައި ދައުރުވަމުންދާ ތުހުމަތުތަކާ ގުޅިގެން ތަންފީޒީ ނުވަތަ ރެގިއުލޭޓަރީ އެއްވެސް އިދާރާއަކުން ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ނުރަސްމީ މަސްދަރުތަކުން ލިބޭ މައުލޫމާތުތައް ޔަގީންނުކުރުމަށް އޭނާ ވަނީ މީޑިއާތަކަށް ގޮވާލާފައެވެ.
ނެޓްފްލިކްސްގެ ރިއަލިޓީ ޝޯ “ދޭސީ ބްލިންގް” އިން އާންމުންގެ ސަމާލުކަން ހޯދާފައިވާ ސަންޕާލްއާ ގުޅޭ ގޮތުން އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަނީ ލޯންޑަރިންގެ މައްސަލައެއްގެ ތަހުގީގާ ގުޅިގެން އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވަނީ އޭނާގެ އެކައުންޓުތައް ވަގުތީ ގޮތުން ހިފެހެއްޓުމަށް އަންގާފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި އެންގުމުގައި ސަންޕާލްގެ އަންހެނުންނާއި، އެނެކްސް ކެޕިޓަލް ފަދަ އެ މީހުންނާ ގުޅުން ހުރި ކުންފުނިތަކުގެ އެކައުންޓުތައް ވެސް ހިމެނެއެވެ. ނަމަވެސް މިއީ އަދި ރަސްމީ އިދާރާއަކުން ކަށަވަރުކޮށްދީފައިވާ މައުލޫމާތެއް ނޫނެވެ.
މި ތުހުމަތުތަކާ ގުޅިގެން ސަންޕާލް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އޭނާގެ އަގުވައްޓާލުމަށް ބަޔަކު ރާވައިގެން ހިންގާ ކެމްޕޭނެއް ކަމަށާއި، މީޑިއާތަކުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު އަދި ކަށަވަރުނުކުރާ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އޭނާގެ ހައްގުތައް ހިމާޔަތްކުރުމަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދީފައެވެ.
މި މައްސަލައާ ގުޅިގެން ޔޫއޭއީގެ ކަމާބެހޭ އިދާރާތަކުން މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ސަންޕާލްގެ މައްޗަށް އެއްވެސް ޖިނާއީ ދައުވާއެއް އުފުލާފައިވާ ކަމަށް ވެސް ރަސްމީ ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް