ޓެރަރިޒަމަށް މަގުފަހިކުރުމުގެ ދައުވާ އުފުލައި، ޓެލެގްރާމްގެ ބާނީ ޕަވެލް ދުރޯވް ހައްޔަރުކުރުމަށް ރަޝިޔާއިން ބައިނަލްއަގުވާމީ އަމުރެއް ނެރެފިއެވެ.
ރަޝިޔާގެ ފެޑެރަލް ސެކިއުރިޓީ ސަރވިސް (އެފްއެސްބީ) އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ދުރޯވްގެ މައްޗަށް ދައުވާކުރީ ޔޫކްރެއިންގެ ޖާސޫސީ އިދާރާތަކާއި ހަރުކަށި ފިކުރުގެ ޖަމާއަތްތަކުން ރަޝިޔާގައި ޓެރަރިޒަމްގެ އަމަލުތަކާއި ސައިބަރ ކުށްތައް ހިންގަން ބޭނުންކުރާ ޓެލެގްރާމް ޗެނަލްތަކާއި ބޮޓްތައް ނުފޮހެ ބެހެއްޓުމާ ގުޅިގެންނެވެ.
މީގެ އިތުރުން، ޓެލެގްރާމްގައި ހިމެނޭ ޑޭޓިން ބޮޓެއް މެދުވެރިކޮށް ޔޫކްރެއިންގެ އިދާރާތަކުން ރަޝިޔާގެ ޒުވާނުންނަށް އޮޅުވާލައިގެން ހަމަލާތައް ދިނުމަށް ރެކްރޫޓުކުރަމުންދާ ކަމަށްވެސް އެފްއެސްބީން ބުނެފައިވެއެވެ.
މި ދައުވާތަކާ ގުޅިގެން ދުރޯވް އަދި ޓެލެގްރާމް ކުންފުނިން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ދައުވާ އިއުލާންކުރިތާ ކުޑަ އިރުކޮޅެއް ފަހުން ޓެލެގްރާމްގެ ރަސްމީ އެކްސް އެކައުންޓުން ވަނީ ދުރޯވް މެދު އިނގިލި ދައްކައިގެން ހުންނަ ފޮޓޯއެއް އާންމުކޮށްފައެވެ. މިއަހަރުގެ ކުރީކޮޅު ރަޝިޔާއިން ދުރޯވްއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ފެށުމުން އޭނާ ބުނި ގޮތުގައި، އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލައި ޓެލެގްރާމް ބޭނުންކުރުން ހަނިކުރުމަށް ރަޝިޔާއިން އުފައްދައިގެން އުޅޭ ބަހަނާތަކެކެވެ.
ދުބާއީގައި ދިރިއުޅެމުން އަންނަ ދުރޯވްގެ މައްޗަށް ރަޝިޔާއިން ދައުވާކޮށްފައިވާއިރު، ޓެލެގްރާމް މެދުވެރިކޮށް ކުށްކުރުމަށް މަގުފަހިކުރި ކަމުގެ ތުހުމަތުގައި 2024 ވަނަ އަހަރު ފަރަންސޭސިވިލާތުންވެސް އޭނާ ހައްޔަރުކޮށްފައިވެއެވެ.
ހުޅަނގު މޫސުން
ރ. ތިމަރަފުށި
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ކޮމެންޓް