ސޯޝަލް މީޑިއާގައި ހިންގާ ޕިރަމިޑް ސޭލްސް ސްކީމްތަކާއި ޖުވާކުޅޭ އޮންލައިން ޕްލެޓްފޯމްތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގައި މަޝްވަރާ ކޮށްފިއެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެކަންކަން ހުއްޓުވުމަށް ބައެއް ހުށަހެޅުންތައްވެސް ވަނީ ހުށަހަޅައިފައެވެ.
އެގޮތުން މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް މުހައްމަދު ހުށަހެޅުއްވީ، ކަމާބެހޭ ގާނޫނުތައް ތަންފީޒު ކުރުރުމުގެ މަސައްކަތް ކުރިއަށްގެންދާ، ހޯމް މިނިސްޓްރީގެ ޓެކްނިކަލް ޓީމަކާ ބައްދަލުކޮށް އެފަދަ ކަންކަން ހުއްޓުވުމަށް އެ ފަރާތްތަކަށް ބޭނުންވަނީ ގާނޫނީ ކޮން ކަހަލަ ކަންތައްތަކެއްތޯ އޮޅުން ފިލުވުމަށެވެ.
އެކަންކަން ހުއްޓުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ޓެކްނޮލޮޖީއާ ގުޅުންހުރި ބިލްތަކަށް ގެންނަން ބޭނުންވަނީ ކޮންކަހަލަ މާއްދާތަކެއްތޯ އޮޅުން ފިލުވުމަށްވެސް ހުށަހެޅިއެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އާއްމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފް ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުކުރުން އިތުރު ވެފައިވާތީ އެ ކަންތައް ހުއްޓުވުމަށް ފިޔަަޅު އެޅުމާ ބެހޭގޮތުން ވެސް މަޝްވަރާކުރިއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް