ޔޫރަޕުން އެމެެރިކާއަށް އެތެރެކުރާ ކާރުން ނަގާ ޓެރިފް ބޮޑުކުރަން ނިންމައިފިއެވެ.
ޓްރޫތު ޝޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕް ވަނީ ޔޫރަޕްގެ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ ކާރާއި ޓްރަކުން ނަގާ ޓެރިފް 25 ޕަސަންޓަށް އިތުރުކުރާނެ ކަމުގެ އިންޒާރު ދީފައެވެ.
ރައީސް ޓްރަމްޕް ވަނީ އެމެރިކާއިން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ މެދު ކުރިއަށްގެންދިއުމަށް ނިންމާފައިވާ ވިޔަފާރި އެއްބަސްވުން އީޔޫ އިން އެއްބަސްވެފައި ނުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އީޔޫ އިން އެއްބަސްނުވަނީ ކޮން ކަންތައްތަކެއް ކަމެއް ޓްރަމްޕް ވިދާޅުވެފައެއް ނުވެއެވެ.
ރައީސް ޓްރަމްޕް އިއްޔެ ކުރެއްވި ޕޯސްޓުގައި ވަނީ އަންނަ ހަފްތާއިން ފެށިގެން ޓެރިފަށް ބަދަލު ގެނެސް އަމަލުކުރަން ފަށާނެ ކަމަށް ފާހަގަކުރައްވާފައިވެއެވެ.
މިދިޔަ އަހަރުގެ ޖުލައި އިން ފެށިގެން އެމެރިކާއަށް ޔޫރަޕުން އެތެރެކުރަމުންދާ މުދަލުން ނަގަމުން ގެންދަނީ 15 ޕަސަންޓުގެ ޓެރިފެކެވެ.
ދިރާސާ ކުރާ ފަރާތްތަކުން ވަނީ އެމެރިކާއިން ޔޫރަޕްގެ މުދަލުން ނަގާ ޓެރިފް ބޮޑުކުރުމަކީ އެކަމުގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމުގައި ފާހަގަކޮށްފައެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް، ދެވަނަ ދައުރަކަށް ވެރިކަމަށް އައުމަށްފަހު ވަނީ އެމެރިކާއާ އިދިކޮޅު އަދި އެގައުމުން ނިންމާ ކަންކަމާ ނުރުހޭ، އެކަންކަމާ ދެކޮޅު ހަދާ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކޮށް، އިގުތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައިފައެވެ.
މުހައްމަދު އައުޒަމް
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް