ކޮހިނޫރު އަނބުރާ އިންޑިއާ އާއި ހަވާލުކުރުމަށްނިއުޔޯކުގެ މޭޔަރު ޒޮހްރާން މަމްދާނީ ގޮވާލައްވައިފިއެވެ.
ނިއުޔޯކުގެ މޭޔަރު ޒޮހްރާން މަމްދާނީ ވަނީ އިނގިރޭސި ރަސްގެފާނު ޗާލްސް އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ބައްދަލުކުރަައްވައި ވާހަކަ ދައްކަން ފުރުސަތެއް ލިބިވަޑައިގެންފި ނަމަ ކޮހި ނޫރު އަނބުރާ އިންޑިއާއާ ހަވާލުކުރުމަށް އެދޭނެ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުން މަމްދާނީ އާއި ރަސްގެފާނާ ބައްދަލުވެފައިވީ ނަމަވެސް ކޮހިނޫރުގެ މައްސަލައިގައި ވާހަކަދައްކާފައިވާކަން ޔަގީން ނުވާ ކަމަށެވެ.
އެބައްދަލުވުމުގެ މައުލޫމާތު މަމްދާނީގެ ފަރާތުން ވެސް އެމެރިކާ ސަރުކާރުންވެސް ހާމަކޮށްފައި ނުވެއެވެ.
ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރަސްގެފާނު ޗާލްސް އަދި ރާނީ ކަމިލާ އެމެރިކާއަށް ވަޑައިގެންފައިވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރަސްގެފާނާއި ރާނީގެ ޝަރަފުގައި އެންމެ މަތީ މަރުހަބާ ދަންނަވައިފައެވެ.
ދުނިޔޭގެ އެންމެ ބޮޑު ޑައިމަންޑު ކަމުގައިވާ 105 ކެރެޓުގެ ކޮހިނޫރުގެ މައްސަލަ އިންޑިއާއިން ވެސް ވަނީ ފެންމަތިކޮށްފައެވެ. އެގޮތުން އެކި ފަހަރު މަތިން ކޮހިނޫރު ހޯދުމަށް އެކި ގޮތްގޮތަށް އިންޑިއާއިން މަސައްކަތް ކޮށްފައިވެއެވެ.
ކޮހިނޫރަކީ އިންޑިއާއިން ހޯދައިފައިވާ ޑައިމަންޑެކެވެ. ނަމަވެސް އިންޑިއާގެ ރަސްކަން ކުރެއްވި މަހާރާޖް ދުލީފް ސިންގް ވަނީ 1849 ވަނަ އަހަރު ކޮހިނޫރު އިގިރޭސިވިލާތުގެ އޭރުގެ ރާނީ ވިކްޓޯރިއާއަށް ހަދިޔާކުރައްވަައިފަައެވެ. އެ ޑައިމަންޑު ހަރުކޮށްފައިވަނީ އިނގިރޭސި ޝާހީ ތާޖުގައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ