ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭގެ މައްޗަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ކުރި ދައުވާތައް ސާބިތުވެއްޖެއެވެ.
ޑުޓާޓޭ، އޭނާގެ ރައީސްކަމުގެ ދައުރުގައި އެ ގައުމުގައި ހިންގާފައިވާ އަމަލުތަކަކީ އިންސާނިއްޔަތާ ހިލާފު އަމަލުތަކެއް ކަމަށް ބަލައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ކުރިއަށްގެންދިޔަ ޝަރީއަތުގައި ވަނީ ހުށަހެޅި ދައުވާތައް ސާބިތުވާ ކަމަށް ނިންމައިފައެވެ.
އައިސީސީގެ ފަނޑިޔާރުން ވަނީ، އުމުރުން 81 އަހަރުގެ ޑުޓާޓޭގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރެއިން އެގައުމުގައި 76 މީހުން މެރި މައްސަލައާއި ޑްރަގާ ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށްބުނެ އެގައުމުގައި އެތައް ހާސް މީހުން މެރި ކަމަށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށް ބުނެފައެވެ.
2016 އިން 2022 ވަނަ އަހަރާ ދެމެދު ފިލިޕީންސްގެ ރައީސްކަމުގައި ހުންނެވި ޑޫޓާޓޭ ވަނީ އަމިއްލައަށް ފަންޑުކޮށްގެން ހާއްސަ އާމީއެއް އުފައްދަވައި ޑްރަގު ބޭނުންކުރާ މީހުންނާ ދެކޮޅަށް ނެރެފައެވެ. އަދި އެ އާމީން ކުރިއަށްގެންދިޔަ ބޮޑެތި ރެއިޑްތަކުގައި އެގައުމުގެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ޑުޓާޓޭ ހައްޔަރުކޮށް އައިސީސީއަށް ހާޒިރުކޮށްފައިވަނީ މިދިޔަ އަހަރުއެވެ. ޑުޓާޓޭ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފައެވެ. އަދި ރައީސްކަމުގެ ދައުރުގައި ހަމައެކަނި އަމުރުކޮށްފައިވަނީ ފުލުހުންނަށް އަމިއްލަ ދިފާއުގައި ހަމަލާދިނުމަށް ކަމަށް ވިދާޅުވެފައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ