އިރާނަށް ހަތިޔާރު ފޯރުކޮށްދޭނަމަ ޓެރިފް ބޮޑުކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް ވަނީ ދުނިޔޭގެ އެއްވެސް ގައުމަކުން އިރާނަށް ހަތިޔާރު ފޯރުކޮށްދޭނަމަ އެގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 50 ޕަސެންޓާ ހަމައަށް ޓެރިފް ނަގާނެ ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕް އިއްޔެ ޓްރޫތް ސޯޝަލްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ޓެރިފް ބޮޑުކުރާނީ އެކަން ހާމަކުރި ވަގުތުން ފެށިގެން ކަމަށާއި އެއްވެސް ތަފާތެއް ނުވަތަ އެއްވެސް ބަދަލެއް އެކަމުގައި ނުގެންގުޅޭނެ ކަމަށެވެ.
އިއްޔެ އިން ފެށިގެން އިރާނާއި އެމެރިކާއިން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސް ވުމެއް އެކުލަވާލާފައިވާ އިރު، އެމެރިކާއިން ވަނީ އިރާނުގެ އޮފިޝަލުންނާ ގާތުން އެކަމުގައި މަސައްކަތް ކުރާނެ ކަމަށްވެސް ބުނެފައެވެ.
ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ އިއްޔެ އިރާނުން އެއްބަސް ވެފައިވަނީ އެމެރިކާއިން ހުށަހެޅި 15 ބަޔެއްގެ މައްޗަށް އެކުލެވޭ އެއްބަސްވުމަށް ކަމަށެވެ.
ނަމަވެސް އިރާނުން ވަނީ އެމެރިކާއިން އެއްބަސް ވެފައިވަނީ އިރާނުން ހުށަހަޅާފައިވާ 10 ބައި ހިމެނޭ އެއްބަސްވުމަށް ކަމަށާއި އެ އެއްބަސްވުމަށް އެމެރިކާއިން ބޯލަނބާނެ ކަމަށެވެ. އެއްބަސްވުމުގެ ދަށުން ހޮރުމޯޒު ކަނޑު އޮޅިވެސް ވަނީ ހުޅުވައިފައެވެ.
މުހައްމަދު އައުޒަމް
ކުޅިވަރު
އިރާން
ބޮލީވުޑް
ދުނިޔެ