މިދިޔަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހު ބޭއްވި ރާއްޖޭގެ ގައުމީ ފެތުމުގެ މުބާރާތް، "ދިރާގު މާލޭ އޯޕަން ސްވިމިން ކޮމްޕެޓިޝަން 2025" ޕްރޮގްރާމްތައް ދައްކައިދިނުމަށް ސިވިލް ކޯޓުން ޕަބްލިސް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް އަންގައިފިއެވެ.
މިކަން ޕީއެސްއެމްއަށް އެންގީ ޕީއެސްއެމްއާ ދެކޮޅަށް ސްވިމް މޯލްޑިވްސް އިން ކޯޓުގައި ކުރި ދައުވާއަކާ ގުޅިގެންނެވެ.
މި ދައުވާއަކީ، ސްވިމް މޯލްޑީވްސް އިން އިންތިޒާމުކޮށްގެން ބޭއްވި "ދިރާގު މާލޭ އޯޕަން ސްވިމިން ކޮމްޕެޓިޝަން 2025" ފެތުމުގެ މުބާރާތުގެ މީޑިއާ ޕާޓުނަރަކަށް ޕީއެސްއެމް ހަމަޖެއްސުމާ ބެހޭގޮތުން އެ ދެ ފަރާތުގެ ދެމެދުގައި 19 މެއި 2025 ގައި ވެފައިވާ އެއްބަސްވުމާ، ޕީއެސްއެމް ހިލާފުވެގެން ހުށަހެޅި ދައުވާއެކެވެ.
މި ދައުވާގައި، އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުމަށް ޕީއެސްއެމްއަށް އެންގުމަށާއި އެއްބަސްވުމާ ހިލާފަށް ކޮށްފައިވާ ކަންކަމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ސްވިމް މޯލްޑިވްސް އިން ވަނީ އެދިފައެވެ.
އެގޮތުން ޕީއެސްއެމް ލޯގޯ ހިމަނައިގެން މުބާރާތުގެ ބެނާގެ ބެކްޑްރޮޕް ޕްރިންޓް ކުރުމާއި އެކަމާ ގުޅޭ އެހެނިހެން ކަންކަމަށް ހަރަދުވި 14511 ރުފިޔާ އާއި އެ އިވެންޓް ލައިވް ކޮށްފައިނުވާތީ، އެ އިވެންޓް ކުރުމަށް ހިނގާ ހަރަދުގެ ގޮތުގައި ހަ ލައްކަ ރުފިޔާގެ އިތުރުން، އިވެންޓް ލައިވް ކުރުން ފަދަ ވަގުތު ފާއިތުވުމުން އަމަލު ނުކުރެވޭނެ ޒިންމާތައް އަދާނުކޮށް އޮތުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ އެއް މިލިޔަން ރުފިޔާ އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 350،000 ރުފިޔާ ނަގައިދިނުމަށް އެދިފައިވެއެވެ. މީގެ އިތުރުންވެސް ބައެއް ކަންކަން ދައުވާގައި ފާހަގަކޮށްފައިވެއެވެ.
ދެފަރާތުގެ ހުށަހެޅުންތަކާއި ދެއްްކި ވާހަކަތަކަށް ބެލުމަށްފަހު ސިވިލްކޯޓުން ކުރި ހުކުމުގައި ވަނީ، އެ ދެފަރާތުގެ ދެމެދުގައި ވި އެއްބަސްވުމާ ޕީއެސްއެމްއިން ހިލާފު ވެފައިވާ ކަމަށް ކަނޑައަޅާ ކަމަށެވެ.
އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން "ދިރާގު މާލޭ އޯޕަން ސްވިމިން ކޮމްޕެޓިޝަން 2025" އާ ގުޅޭގޮތުން ޕީއެސްއެމްއަށް ލިބުނު ސްޕޮންސާ ޝިޕާ ބެހޭ ހުރިހާ މައުލޫމާތަކާއި އެ ސްޕޮންސާތައް ހޯދުމަށް ކުރި މަސައްކަތްތަކާއި ސްޕޮންސަރާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލްތައް މި އޭޕްރީލް ކަމުގެ 12 ވަނަ ދުވަހުގެ 2:00ގެ ނިޔަލަށް ސްވިމް މޯލްޑިވްސް އާ ހިއްސާ ކުރުމަށް ވެސް ވަނީ އަންގައިފައެވެ.
"ދިރާގު މާލޭ އޯޕަން ސްވިމިން ކޮމްޕެޓިޝަން 2025" ގައި ފެތި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ މައުލޫމާތުތަކާއި ރާއްޖޭގެ ގައުމީ ޓީމުގެ ފެތުންތެރިން ހިމެނޭހެން ހާއްސަ ފެތުންތެރިންނާ ބެހޭ މައުލޫމާތުތަކާއި ޕްރޮފައިލްތައް، ޕީއެސްއެމްގެ ޕްރޮގްރާމްތަކުގައި ގެނެސްދީގެން ދިވެހި ރައްޖޭގެ ފެތުމާއި މޫދު ކުޅިވަރު އާލާކޮށް ރައްޔިތުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ގޮތުގައި ކުރަންޖެހޭ ކަންކަން އަންނަ މެއި މަހުގެ 15 ގެ ނިޔަލަށް ކޮށް ނިންމުމަށް ވެސް ޕީއެސްއެމްއަށް ވަނީ އަންގައިފައެވެ.
މީގެއިތުރުން މި ގަޒިއްޔާގައި ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހެޅި ނުކުތާތަކާއި މި ގަޒިއްޔާގެ ފަރުވާގެ ގޮތުގައި، އެއްްބަސްވުމާ އެއްގޮތަށް އަމަލު ކުރުމަށް އަންގާފައިވާ އެއްބަސްވުމުގެ ހަ ވަނަ މާއްދާގެ (ބ) އަދި (ޅ) ގައި ހުރި ކަންކަން ފިޔަވައި، އެއްބަސްވުމުގެ ހަ ވަަނަ މައްދާގައި ބާކީ ހުރި ކަންކަމަކީ އޭގެ ޒާތުން މިވަގުތު ތަންފީޒު ނުކުރެވޭނެ ކަންކަން ކަމުގައި ފާހަގަ ކުރެވޭތީ. އެކަންކަމާ ގުޅޭ ގޮތުން ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި ދައުވާއެއް ކުރުމުގެ އިހުތިޔާރު ސްވިމް މޯލްޑިވްސް އަށް ލިބިގެންވާ ކަމަށްވެސް ހުކުމްގައިވެއެވެ.
އިބްރާހިމް ޒަކީ
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި