ޔޫކޭއިން މެދުއިރުމައްޗަށް އިތުރު ސިފައިން ފޮނުވަން ނިންމައިފިއެވެ.
ގަލްފުގެ ގައުމުތަކަށް އިނގިރޭސި ޑިފެންސް ސެކްރެޓަރީ ޖޯން ހޭލީ ކުރަމުން ގެންދާ ދަތުރުގައި ވަނީ އިނިގިރޭސި ސިފައިންގެ އިތުރުން އެގައުމުގެ ފަރާތުން ގަލްފްގެ ގައުމުތަކަށް އެއާ ޑިފެންސް ނިޒާމުތައް ފޮނުވުމަށް ނިންމާފައެވެ.
އިނގިރޭސި ޑިފެންސް ސެކްރެޓަރީ ޖޯން ހޭލީ ނޫސްވެރިންނަށް މައުލޫމާތު ދެމުން ވަނީ ގަލްފްގެ ގައުމުތަކަށް އެގައުމުތަކުގެ ވައިގެ ސަރަހައްދު ރައްކާތެރިކުރުމުގައި ޔޫކޭއިން އަބަދުވެސް އެހީވާނެ ކަމަށް ވިދާޅުވެފައެވެ.
ގަލްފުގެ ގައުމުތަކުގެ ތެރެއިން ސައުދީ އަރަބިއްޔާ އާއި ބަހްރޭނުގެ އިތުުރުން ކުވައިތަށް އެއާ ޑިފެންސް ނިޒާމުތައް ފޮނުވުމަށް ޔޫކޭއިން ވަނީ ނިންމާފައެވެ. މީގެ އިތުރުން ގަތަރަށް ހަނގުރާމަމަތީ ޖެޓުތަކެއްވެސް ފޮނުވުމަށް ޔޫކޭއިން ނިންމާފައިވެއެވެ.
މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން އިނގިރޭސިވިލާތުން ގަލްފުގެ ގައުމުތަކަށް މިލިޓަރީ އާލާތްތައް ފޮނުވުމަށް ނިންމާފައިވާއިރު އެ އާލާތްތައް އޮޕަރޭޓު ކުރުމަށް އިނގިރޭސި ސިފައިން ފޮނުވުމަށްވެސް އެގައުމުން ނިންމާފައިވެއެވެ.
އޮފިޝަލުން ވަނީ އިނގިރޭސި ސިފައިން ގަލްފުގެ ގައުމުތަކަށް ފޮނުވުމާއެކު ގަލްފުގެ ގައުމުތަކާއި ސައިޕްރަސްގައި ތިބޭ އިނގިރޭސި ސިފައިންގެ އަދަދު 1000 އަށް އަރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ނޭޓޯ
ހެލްތު މިނިސްޓަރު ގީލާ އަލީ
ބޮލީވުޑް
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ