ހުޅުމާލޭގެ 901 އަކަފޫޓަށް ވުރެ ބޮޑެތި އަމިއްލަ ގޯތިތައް 10 ބުރިއަށް އިމާރާތް ކުރެވޭގޮތަށް ގަވާއިދަށް ބަދަލު ގެނެސްފިއެވެ.
މި ބަދަލު ގެނައުމުގެ ކުރިން ހުޅުމާލޭގައި އަމިއްލަ ފަރާތްތަކަށް 10 ފްލޯއާ ހަމައަށް އިމާރާތެއް ނުކުރެވެއެވެ.. ނެއިބަހުޑް ނުވައެއްގައި އެންމެ އުސްކޮށް އިމާރާތް ކުރެވެނީވެސް 18.5 މީޓަރަށެވެ.
ނަަމވެސް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން މިހާރު އާންމުކޮށްފައިވާ ގަވާއިދުގައިވާ ގޮތުން ނެއިބަހުޑް ނުވައެއް ފިޔަވައި އެހެން ހުރިހާ ގޯތިތަކެއް އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 30.5 މީޓަރެވެ. އެއީ 10 ބުރިއެވެ.
ނަމަވެސް ގަވާއިދުގައިވާ ގޮތުން، އެގޮތަށް އިމާރާތްކުރުމަށް ހުއްދަ ދޭނީ އިމާރާތުގެ ފަންގިފިލާތައް ބޭނުން ކުރާނެ ގޮތުގެމަތިންނެވެ.
އެ ތަނުގައި ހަދާ އިމާރާތްތަކުގައި ލިފްޓް މެޝިންރޫމް އަދި އެ ނޫން ވެސް 18.5 މީޓަރު މައްޗަށް އިމާރާތުގެ ބައިތައް އެރި ނަމަވެސް، ވައިގެ ބަނދަރުގެ ސަލާމަތީ މިންގަނޑުތަކަށް ބަލައި މުޅި އިމާރާތުގެ އުސްމިން 22 މީޓަރަށް ވުރެ އުސްވެގެން ނުވާނެ ކަމަށް ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވެއެވެ.
އިމާރާތުގެ އުސްމިން ކަމުގައި ބަލާނީ ޕޭވްމަންޓް ލެވެލް ނުވަތަ ގްރައުންޑް ލެވެލް އިން ފެށިގެން ސްޕްރިން ލައިން ނުވަތަ ރޫފްބީމްގެ މަތީ ކައިރިއާ ހަމައަށް ކަމަށާއި، ޓެރަހެއް ހަދާ ނަަމަ، ހެދޭނީ ޓެރަސް ސްލެބް ނުވަތަ ޑެކުގެ މަތީކައިރިޔާ ހަމައަށް ކަމަށްވެސް ގަވާއުދުގައިވެއެވެ.
ނަމަވެސް މި ގަވާއިދުގައިވާ ކަންކަން ހިނގާނީ އާންމު ދިރިއުޅުމަށް ހުޅުމާލޭން ދޫކޮށްފައިވާ ގޯތިތަކުގައި ހަދާ އިމާރާތްތަކަށެވެ.
ގަވާއިދަށް ގެނައި ބަދަލުގައި، އިމާރާތުގެ އުސްމިން ބެހެއްޓޭނެ ކަމަށް ގަނޑައަޅާފައިވާ މިންތައް:
- 400 އަކަފޫޓަށް ވުރެ ކުޑަގޯތި، އެއް ފަންގިފިލަޔަށް ވުރެ އުސްކޮށް ނުވަތަ ހަ މީޓަރަށް ވުރެ އުސްކޮށް އިމާރާތެއް ނުކުރެވޭނެ.
- 401 އާއި 500 އަކަފޫޓާ ދެމެދުގެ ގޯތި، ދެ ފަންގިފިލާ އަށް ވުރެ އުސްކޮށް ނުވަތަ 6.5 މީޓަރަށް ވުރެ އުސްކޮށް އިމާރާތް ނުކުރެވޭނެ.
- 501 އާއި 600 އަކަފޫޓާ ދެމެދުގެ ގޯތި، ތިން ފަންގިފިލާ އަށް ވުރެ އުސްކޮށް ނުވަތަ 9.5 މީޓަރަށް ވުރެ އުސްކޮށް އިމާރާތް ނުކުރެވޭނެ.
- 601 އާއި 700 އަކަފޫޓާ ދެމެދުގެ ގޯތި، ހަތަރު ފްލޯ ނުވަތަ 12.5 މީޓަރަށް ވުރެ އުސްނުކުރެވޭނެ.
- 701 އާއި 800 އަކަފޫޓާ ދެމެދުގެ ގޯތި، ފަސް ފްލޯއަށް ވުރެ ނުވަތަ 15.5 މީޓަރަށް ވުރެ އުސްނުކުރެވޭނެ.
- 801 އާއި 900 އަކަފޫޓާ ދެމެދުގެ ގޯތި، އާ ފްލޯ ނުވަތަ 24.5 މީޓަރަށް ވުރެ އުސްނުކުރެވޭނެ.
- 901 އަކަފޫޓަށް ވުރެ ބޮޑު ގޯތި، 30.5 މީޓަރާ ހަމައަށް އިމާރާތް ކުރެވޭނެ.
މީގެ ކުރިން ވެސް ހުޅުމާލޭގެ އަމިއްލަ ގޯތިތައް 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމަށް ގަވާއިދަށް ބަދަލު ގެނައުމާމެދު ސަރުކާރުންނާއި، ރައްޔިތުންގެ މަޖިލީހުގައި އެކި ފަހަރުމަތިން މަޝްވަރާ ކުރިއެވެ.
ނަމަވެސް މިހާތަނަށް އޮތީ އެކަން ހަމަނުޖެހިއެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
މިހާރު ހުރިހާ ކަމެއްވެސް ލާހޫރޭ… ދެދުވަހު އެކައްޗެއް ނުކިޔާ…
ގަވާއިދު - 3 މަސް ކުރިން