ދެ މީހުން އިނދެގެން އުޅުނުއިރު، އެމީހުން ދިރިއުޅޭ ގެ ހަދަން، އަނބިމީހާ ހަރަދުރި 1026440 ރުފިޔާ އަނބިމީހާއަށް ދައްކަން ފިރިމީހާގެ މައްޗަށް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައަކީ ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށްދިޔަ މައްސަލައެކެވެ.
މިއީ ށ. ފުނަދ،ޫ އުނިޝް ޖަޒީލާ މުހައްމަދު އާއި ހަމަ އެގޭ ހުސައިން އަލީ ކައިވެނި ކޮށްގެން އުޅުނު ދުވަސްވަރު ފުނަދޫއިން ހުސައިން އަލީއަށް ލިބުނު "އުނިޝް" އޭ ކިޔުނު ގޯތީގައި ގެއެއް އިމާރާތް ކުރުމާއި މަރާމާތުކުރުމުގެ ހަރަދަށް، އޭނާގެ އަނބިމީހާ ޖަޒީލާގެ ފަރާތުން ހަރަދު ކޮށްފައިވާ ޖުމްލަ 1026440 ރުފިޔާ ދައްކާފައިނުވާތީ، އެ ފައިސާ އާއި އުނިޝް ގެ އާއި އެ ގޯތިން ބައެއް ހުސައިން އަލީގެ ކިބައިން ހޯދުމަށް ޖަޒީލާގެ ފަރާތުން ކުރި ދައުވާއެކެވެ.
މިދައުވާއާ ގުޅިގެނ،ް ދައުވާގެ ލިޔެކިޔުންތައް ހުސައިން އަލީއަށް ރައްދުކުރި ނަމަވެސް ދައުވާއަށް ރައްދު ދިނުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ހުސައިން އަލީގެ ފަރާތުން ރައްދު ދީފައެއް ނުވެއެވެ.
އެހެންކަމުން ޖަޒީލާ މުހައްމަދުގެ ފަރާތުން އެދުނީ މި މައްސަލައިގައި ގައިރު ހާޒިރުގައި ހުކުމް ކޮށްދިނުމަށެވެ.
އެގޮތަށް ހުކުމްކޮށްދިނުމަށް އެދި ހުށަހެޅި ފޯމުގައި ޖަޒީލާ މުހައްމަދުގެ ފަރާތުން އެދިފައި ވަނީ އުނިޝް އެވެކިޔުނު ގޯތި އިމާރާތްކޮށް މަރާމާތު ކުރުމަށް އޭނާ ހަރަދު ކޮށްފައިވާ ޖުމްލަ 1026440 ރުފިޔާ އެކީ އެއްފަހަރާ ޖަޒީލާ މުހައްމަދަށް ދެއްކުމަށް ހުސައިން އަލީއަށް އަންގައި އަމުރުކޮށްދިނުމަށެވެ.
އެހެންކަމުން ގައިރު ހާޒިރުގައި ކުރާހުކުމުގެ އިޖުރާއަތު މި ގަޒިއްޔާގައި ފުރިހަމަވާ ކަމަށް ކަނޑައެޅިއެވެ. އަދި މި ދައުވާ ސާބިތު ކުރުމައްޓަކައި މި މައްސަލައިގެ ދައުވާ ފޯމާއެކު މައްސަލަ ސާބިތުކުރަން އެދޭ ލިޔެކިޔުންތައް ޖަޒީލާ މުހައްމަދުގެ ފަރާތުން ހުށަހަޅާފައިވާތީ، ހުސައިން އަލީއާ ދެކޮޅަށް ދައުވާ ސާބިތުވާކަމަށް ކަނޑައެޅިއެވެ.
އެކަން ކަމަށް ބިނާކޮށް މި މައްސަލައިގައި ކޯޓުން ހުކުމް ކުރީ، މިދައުވާގައި ހުސައިން އަލީގެ ފަރާތުން ޖަޒީލާ މުހައްމަދު ހޯދުމަށް އެދުނު 1026440 ރުފިޔާއާ 14 ދުވަހުގެ ތެރޭގައި ޖަޒީލާ މުހައްމަދުއަށް ދެއްކުމަށް ހުސައިން އަލީއަށް އަންގާ ކަމަށެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު