ދެމަފިރިންގެ ގޮތުގައި ތިބިއިރު، ގޯތި އިމާރަތްކުރުމަށް އަނބިމީހާ ހަރަދުކުރި މިލިއަނަކަށްވުރެ ގިނަ ރުފިޔާ، އަނބުރާ ދޭން ކުރީގެ ފިރިމީހާގެ މައްޗަށް ހުކުމްކޮށްފިއެވެ.
އުތުރުގެ ރަށެއްގެ މެޖިސްޓްރޭޓަށް ކޯޓަށް ހުށަހެޅި މި ދައުވާގައި އަންހެން މީހާ ވަނީ ފިރިހެން މީހާގެ އަތުން 1،026،440 ރުފިޔާ ނަގައިދިނުމަށް އެދިފައެވެ.
އެ ދައުވާއަށް ފިރިހެން މީހާ ޖަވާބުދާރީވެފައިނުވާތީ މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ނިންމާފައިވަނީ ދައުވާ ރައްދުވާ ފަރާތުގެ އައިރު ހާޒިރުގައެވެ.
މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވަނީ އަންހެން މީހާ ދައުވާގައި އެދުނު ގޮތަށް ފިރިހެން މީހާ 1،026،440 ރުފިޔާ، ދެ ހަފުތާގެ ތެރޭގައި އަންހެން މީހާ ދައްކައި ހަލާސް ކުރުމަށެވެ.
މި މައްސަލައިގައި އަންހެން މީހާ ވަނީ ގޯތިން ބައެއް ނަގައިދިނުމަށްވެސް ދައުވާގައި އެދިފައެވެ. ނަމަވެސް އެއާމެދު ކޯޓުން ގޮތެއް ނިންމާފައިނުވެއެވެ.
މުހައްމަދު އިޝާން
ޚަބަރު
ޚަބަރު
ޚަބަރު