ޑރ. އަލީ ނަސީރު އާއި މަރިޔަމް މިދުފާ ނައީމު އާއި ހަސަން އާދަމް ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔަން ކުރައްވަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފޮނުއްވާފައި ވަނީ، އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި މިހާރު ހުންނަވާ ދާއިމީ މަންދޫބު، ގދ.ގައްދޫ ބެންހާގެ ޑރ. އަލީ ނަސީރު މުހައްމަދު އާޖެންޓައިން ރިޕަބްލިކަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް ހުށަހެޅުއްވުމަށެވެ.
އޭގެ އިތުރުން ކެމްބޯޑިއާއަށާއި ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް މއ.ރުއްކުރި މަރްޔަމް މިދުފާ ނައީމު އައްޔަމް ކުރެއްވުމަށާއި، ހެލެނިކް ރިޕަބްލިކަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް ހ.ނަސީމީވިލާ ހަސަން އާދަމް އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށްވެސް ރައީސް މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި އެދިވަޑައިގެންފައިވެއެވެ.
މި ސިޓީފުޅުން މަޖިލީހަށް އިއްވުމުން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ޖަލްސާގެ ރިޔާސަތުން ވަނީ މަޖިލީހުގެ ހާރިޖީ ކޮމިޓީއަށް ފޮނުވައިފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް